about 2 hours 0
about 2 hours 0
ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް އާސެނަލުުން ހަ އަހަރު ފަހުން މުބާރާތެއްގެ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.
އާސެނަލުން އެންމެ ފަހުން ފައިނަލެއްގައި ކުޅެފައިވަނީ، މިކޭލް އާޓެޓާގެ ފުރަތަމަ ސީޒަނުގައި، 2020 ވަނަ އަަހަރުގެ އެފްއޭ ކަޕް ފައިނަލުގަ އެވެ. އަނެއްކޮޅުން، މިއީ، 2018 ވަނަ އަހަރުގެ ފަހުން ލީގު ކަޕްގެ ފައިނަލެއްގައި އާސެނަލް ކުޅޭ ފުރަތަމަ ފަހަރެވެ.
ޗެލްސީ ދަނޑުގައި މިދިޔަ މަހު ކުޅުނު ފުރަތަމަ ލެގުން 3-2 އިން މޮޅުވި އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި އިތުރު ވަގުުތުގެ ހަތް ވަނަ މިިނިޓްގައި ކާމިޔާބުކުރީ ކުރިން ޗެލްސީ އަށް ކުޅުނު ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްޒް އެވެ.
ލިއަމް ރޮސެނިއާގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީން ރޭގެ މެޗުގައި، ގިނަ ބަދަލުތަކެއް ގެނެސްގެން ވެސް އާސެނަލް ކޮޅަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ޗެލްސީގެ އެޓޭކަރުން ހުއްޓުވުމުގައި އާސެނަލްގެ ޑިފެންސް ލައިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އާސެނަލުން ލީގު ކަޕް ފައިނަލަށް ދިޔައިރު، އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގަ އެވެ. އަދި، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ނިންމާލީ އަށް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
Comment