Advertisement

ޓްރީ ޓޮޕްގެ ތަޖުރިބާކާރު ދަތުގެ ޑޮކްޓަރުންނާއެކު ފުރިހަމަ ހިނިތުން ވުމެއް

about 2 hours 0

މެކްސިލޯފޭޝަލް ސާޖަން، ޑރ. މުހައްމަދު ސަލްމާން ބާޝާ މީހަކަށް ފަރުވާ ދެނީ: ޓްރީ ޓޮޕްގެ ޑެންޓަލް ޑޮކްޓަރުންގެ ޓީމަކީ ގިނަ ސްޕެޝަލިސްޓުންތަކެއް ހިމެނޭ ތަޖުރިބާކާރު ޓީމެއް -- ފޮޓޯ: ޓްރީޓޮޕް


ޓްރީ ޓޮޕްގެ ތަޖުރިބާކާރު ދަތުގެ ޑޮކްޓަރުންނާއެކު ފުރިހަމަ ހިނިތުން ވުމެއް

about 2 hours 0

ފުރިހަމަ، ރީތި ހިނިތުންވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް، ދަތްތައް ސީދާ ތަރުތީބުނުވުމާއި، ދަތް މަދުވުމުގެ ސަބަބުން ގަންނަ ލަދާއި، ކެއިންބުއިމުގައި ކުރިމަތިވާ އުނދަގޫތަކުގެ އަސަރު ވަރަށް ބޮޑެވެ.

މިފަދަ މައްސަލަތަކަށް ރާއްޖެއިން ބޭރަށް ނުގޮސް، ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ، ބޭރުގެ ތަޖުރިބާކާރު މެކްސިލޯފޭޝަލް ސާޖަން، ޑރ. މުހައްމަދު ސަލްމާން ބާޝާ އާއި ޕްރޮސްތޮޑޯންޓިސްޓް ޑރ. ޝަބީނާ އައިޝާ ބޭގަމް ހިމެނޭ، ކުޅަދާނަ ދަތުގެ ޑޮކްޓަރުންގެ ޓީމަކާއެކު އެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ޑރ. ބާޝާ އަކީ އަނގަޔާއި، ދަތްޕިލަ އަދި މޫނުމަތީގެ ކަށިތަކާ ގުޅޭ އުނދަގޫ ސާޖަރީތަކަށް ހާއްސަވެފައިވާ ޑޮކްޓަރެކެވެ. އޭނާއަކީ ހަމައެކަނި ދަތް އުފުރައި ނުވަތަ ދަތް އިންދާ ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ މޫނުމަތީގެ ބައްޓަމާއި ދަތްޕިލައިގެ މަސައްކަތްތައް އިއާދަކޮށްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ "ފޭޝަލް އާކިޓެކްޓް" އެކެވެ.

ޑރ. ޝަބީނާއަކީ ޑެންޓަލް އިމްޕްލާންޓުތަކަށް ހާއްސަވާ، 15 އަހަރުގެ ތަޖުރިބާލިބިފައިވާ ޑޮކްޓަރެކެވެ. ދަތް މަދުވުމުން 'ޑެންޗާ' ނުވަތަ 'ބްރިޖް' ޖެހުމުގެ ބަދަލުގައި، މިހާރު އޮތް އެންމެ ކާމިޔާބު ފަރުވާއަކީ ޑެންޓަލް އިމްޕްލާންޓެވެ. ދަތް ޖެހުމަށް ބޭނުންވާ ކަށި މަދު ހާލަތްތަކުގައި، 'ބޯން ގްރާފްޓިންގް' ހަދައިގެން އިމްޕްލާންޓް ޖެހޭނެ މަގު ޓްރީ ޓޮޕް ހޮސްޕިޓަލުން ފަހިކޮށްދެ އެވެ.

ޓްރީ ޓޮޕްގެ ހިދުމަތަކީ ހަމައެކަނި ދަތް ޖެހުމެއް ނޫނެވެ. މޫނުމަތީގެ ބައްޓަމަށް ބަދަލު އަންނަ ފަދަ ކަތުރުކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންގެ މަސައްކަތުން ރަނގަޅު ކުރެ އެވެ.

ކަތުރުކަށި ދިގުވުން ނުވަތަ އެކަށީގެންވާ ވަރަށް ބޮޑުނުވާ ހާލަތްތަކުގައި، ސާޖަރީގެ އެހީގައި މޫނުމަތީގެ ބައްޓަން ރީތިކޮށް، ދަތްޕިލަ ހަމަޔަކަށް އަޅުވައިދެ އެވެ. އަނގަ ހުޅުވައި ލެއްޕުމުގައި ތަދުވާނަމަ ނުވަތަ ކަތުރުކަށިން އަޑު ގޮވާނަމަ، އެކަމަށް އޮތް ޒަމާނީ ފަރުވާތައް ވެސް ފޯރުކޮށްދެ އެވެ. ނުބައިކޮށް ފަޅާފައި ހުންނަ ނުވަތަ ކަށިގަނޑުތެރޭގައި ތާށިވެފައި ހުންނަ ދަތްތައް ރައްކާތެރިކަމާއެކު ނަގައި ދެ އެވެ.

މި ހާއްސަ ހިދުމަތްތައް ހޯއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.