Advertisement

ފެންވަރު ރަނގަޅު "ހައިކާސް" ސްމާޓް ޓީވީ އަގުހެޔޮކޮށް އެލް މޯބައިލުން

about 2 hours 0


ފެންވަރު ރަނގަޅު "ހައިކާސް" ސްމާޓް ޓީވީ އަގުހެޔޮކޮށް އެލް މޯބައިލުން

about 2 hours 0

ދުނިޔޭގެ ބާޒާރުގައި ބާރުމިނެއްގައި މަގުބޫލުކަން ހޯދަމުން އަންނަ "ހައިކާސް" ބްރޭންޑުގެ އެންމެ ފަހުގެ ސްމާޓް ޓީވީތައް އެލް މޯބައިލް އިން ލިބެން އެބަ ހުއްޓެވެ.

މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފެންވަރު ރަނގަޅު އުފެއްދުންތައް ހެޔޮ އަގުގައި ދިވެހިންނަށް ފޯރުކޮށްދިނުމަށް އެލް މޯބައިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބްރޭންޑެކެވެ.

"މި ބްރޭންޑު ރާއްޖެއަށް ގެނައީ ޔޫރަޕްގައި މަގުބޫލްވަމުން އަންނަ ބްރޭންޑަކަށް ވާތީ. އަދި އޭޝިއާގެ ބައެއް ގައުމުތަކުގައި ވެސް މި ޓީވީގެ ވަރަށް ބޮޑަށް ވިކޭ،" އެލް މޯބައިލްގެ މެނޭޖަރު ބުންޏެވެ.

ހައިކާސް ޓީވީތަކަކީ ޒަމާނީ ގޭބިސީތަކުގެ ފުރިހަމަކަން އިތުރުކޮށްދޭނެހެން "ފްރޭމްލެސް" ނުވަތަ ބޭރުން ކަނަށް ނުހުންނަހެން ފަރުމާކޮށްފައިވާ ޓީވީތަކެކެވެ. މީގެ ސަބަބުން މަންޒަރު ބަލާއިރު އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ.


ލޮލަށް ފަސޭހަ ކުލަތަކާއި ވަރުގަދަ އޯޑިއޯ ސިސްޓަމެއް މި ޓީވީތަކުގައި ހިމެނެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ޔޫޓިއުބް، ނެޓްފްލިކްސް ފަދަ އެޕްލިކޭޝަންތައް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެއެވެ.

ފަހި ދިރިއުޅުން ފްލެޓްތަކަށް ހާއްސަ އިސްކަމެއް

އެލް މޯބައިލްގެ މެނޭޖަރު ބުނި ގޮތުގައި ގޮތުގައި، މި ބްރޭންޑަކީ މިހާރު ޔޫރަޕާއި އޭޝިއާގެ ގައުމުތަކުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބްރޭންޑެކެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ފަހި ދިރިއުޅުން ފްލެޓުތަކަށް އަލަށް ބަދަލުވި ފަރާތްތަކަށް، ފެންވަރު ރަނގަޅު ޓީވީއެއް އެންމެ އަގުހެޔޮކޮށް ފޯރުކޮށްދިނުން،" އޭނާ ބުންޏެވެ.

ކަސްޓަމަރުންގެ އިތުބާރު ހޯދުމަށްޓަކައި އެލް މޯބައިލުން ވަނީ ހާއްސަ އުސޫލެއް ތައާރަފުކޮށްފައެވެ.

މި ޓީވީތަކަށް ހަ މަސްދުވަހުގެ ވޮރަންޓީ މުއްދަތުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި، ހައްލުނުވާނަމަ އާ ޓީވީއެއް ބަދަލުގައި ލިބޭނެ އެވެ. އަދި ކޮންމެ ޓީވީއެއްވެސް ކަސްޓަމަރާ ހަމައަށް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ހައިކާސް ބްރޭންޑުގެ އެކި ސައިޒުތަކުގެ ޓީވީތައް މިހާރު އެލް މޯބައިލްގެ ފިހާރަތަކުން ބަލާލެވޭނެއެވެ. ކޮލިޓީއަށް އިސްކަންދޭ، އަދި އަގަށް ބަލާ ކަސްޓަމަރުންނަށް މިއީ ރަނުގެ ފުރުސަތެކެވެ.