Advertisement

ރާއްޖެ ބަލިކޮށް ބަންގްލަދޭޝް އިން ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0


ރާއްޖެ ބަލިކޮށް ބަންގްލަދޭޝް އިން ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ހޯދައިފި

about 2 hours 0

ރާއްޖޭގެ މައްޗަށް 14-2 އިން ކުރިހޯދައި، ބަންގްލަދޭޝް އިން ސާފް އިން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބަންގްލަދޭޝް އިން މުބާރާތް ކާމިޔާބުުރީ މެޗަކުން ބަލިނުވެ، ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެންނެވެ. ބަންގްލަދޭޝް އިން ވަނީ ހަ މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ.

ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބޫޓާނާ 3-3 އިން އެއްވަރުވި އެވެ. ތިން ވަަނަ މެޗުގައި، ނޭޕާލް އަތުން 3-0 އިން މޮޅުވެ، ހަތަރު ވަނަ މެޗުގައި، ސްރީ ލަންކާ އަތުން 6-3 އިން މޮޅުވި އެވެ. އަދި، ރާއްޖެއާ ކުޅުމުގެ ކުރިން އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ނުކުމެ، 9-1 އިން ބަންގްލަދޭޝް މޮޅުވި އެވެ.

ރާއްޖޭން ކެޕްޓަން، ފާތިމަތު ޝާލިޔާ ނުލައި ކުޅުނު މި މެޗުގައި ޓީމު ލީޑުކުރީ ވައިސް ކެޕްޓަން، މަރިޔަމް ނޫރާ އެވެ. ހުއަމާކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި ރާއްޖޭން ލީޑުނެގީ ރާނިޔާ އިބްރާހިމް ފޮނުވާލި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ބަންގްލަދޭޝްގެ މަސޫރާ ޕަރްވީން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ބަންގްލަދޭޝް އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސަބީނާ ކަތުން ޖެހި ހިލޭ ޖެހުމުންނެވެ. އަދި، ލީޑުނަގަން ލިބުނު ޕެނަލްޓީއަކުން ސަބީނާ އަތުން ބޭކާރުވި އެވެ. އެކަމަކު، ސަބީނާ ވަނީ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން އިތުރު ގޯލެއް ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން 6-1 އިން ނިންމާލިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، ލިޕީ އަކްތަރު ދެ ގޯލާއި ސްރިމޯތީ ކްރިޝްނަރާނީ އާއި ނޯސޯން ޖަހާން ޖެހި ލަނޑުތަކުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ މާގިނައިރެއްނުވެ، ސަބީނާ ވަނީ ހާފުގެ މެދެއްހާ ހިސާބުން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ. އިރުކޮޅެއް ފަހުން، ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާ ވަނީ ރާއްޖޭގެ ކީޕަރު ސާއިގާ ހުސެއިން ކައިރިން ނައްޓާފައި، ގޯލަށް ބޯޅަ ފޮނުވާލައިގެން، ބަންގްލަދޭޝްގެ އަށް ވަނަ ލަނޑު ޖަހައިފަ އެވެ.

ބަންގްލަދޭޝްގެ ނުވަ ވަނަ ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުން ސަބީނާ އެވެ. މި ލަނޑާ އެކު، އޭނާ މުބާރާތުގައި ޖެހި ގޯލުގެ އަދަދު ވަނީ 14 އަށް އަރައިފަ އެވެ.

ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ނިލޫފާ ޔާސްމީން، ބަންގްލަދޭޝްގެ 10 ވަނަ ލަނޑު ޖެހިއިރު، އޭގެ ފަހުން، ބަދަލަަކަށް ކުޅެން އަރައި، މެހެނޫރު އަކްތަރު ދެ ގޯލު ޖެހި އެވެ. އަދި، ސްރިމޯތީ އާއި މަސޫރާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

ރާއްޖެ އަށް މި ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފުރަތަމަ ފޮނުވާލީ ރާނިޔާ އެވެ. އޭރިއާބޭރުން ރާނިޔާ ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އަދި، މެޗުގެ ފަހު މިނިޓްގައި ނޫރާ ވަނީ ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.