ގިނަ ފަހަރަށް ސަމާލުކަމުން ކަސިޔާރުވާ އެއް ކަމަކީ އަނގަޔާއި ދަތްތަކުގެ ސާފުތާހިރުކަމެވެ. ހިރުގަނޑުން ލޭއުމާއި އަނގައިން ނުބައި ވަސް ދުވުމަކީ ހަމައެކަނި އުނދަގުލެއް ނޫނެވެ.
އެއީ ތިބާގެ ސިއްހީ ދުޅަހެޔޮކަން ހީނަރުވަމުންދާކަން އަންގައިދޭ ނިޝާނެކެވެ. އަނގަޔާއި ދަތްތަކުގެ ސިއްހީ މައްސަލަތައް ހުރިކަން އަންގައިދޭ ބައެއް އަލާމާތްތައް ހުރެ އެވެ.
ދުވާލަކު މަދުވެގެން ދެފަހަރު ދަތް އުނގުޅުން: ފްލޮރައިޑް ހިމެނޭ ދަތް އުނގުޅާ ބޭހާއި މަޑު ބުރުހެއް ބޭނުންކުރަން ޖެހެ އެވެ. ދަތް އުނގުޅާއިރު ހިރުގަނޑާ 45 ޑިގްރީގެ އެންގަލެއްގައި ބަހައްޓަން ޖެހޭއިރު، އޭގެ ސަބަބުން ހިރުގަނޑާއި ދަތް ގުޅޭ ހިސާބުގައި ހުންނަ ހަޑިތައް ފަސޭހައިން ފިލައިގެންދެ އެވެ.
ދުވާލަކު އެއްފަހަރު ފްލޮސްކުރުން: ހަމައެކަނި ބުރުހުން ދަތް އުނގުޅައިގެން ދަތްތަކުގެ ދޭތެރެ ސާފެއް ނުކުރެވޭނެ އެވެ. މިކަމަށް ޑެންޓަލް ފްލޮސް ބޭނުންކުރަން ޖެހެ އެވެ.
ދޫ ސާފުކުރުރުން: ދުލަކީ ގިނަ އަދަދަކަށް ބެކްޓީރިއާ ހަރުލާ ތަނެކެވެ. ދަތް އުނގުޅާއިރު ބުރުހުން ނުވަތަ "ޓަންގް ސްކްރޭޕާ" އެއް ބޭނުންކޮށްގެން ދޫ ސާފުކުރަން ޖެހެ އެވެ.
އެންޓި-ބެކްޓީރިއަލް މައުތު ވޮޝް ބޭނުންކުރުން: މިއީ ނުބައި ބެކްޓީރިއާތައް ނައްތާލުމަށާއި ހިރުގަނޑުގައި ކުނި ހަރުލުން މަދުކުރުމަށް އެހީވެދޭ ކަމެކެވެ. އަނގަ ހިކުމުން ސަލާމަތްވުމަށްޓަކައި އަލްކަހޯލް ނުހިމެނޭ މައުތުވޮޝްއެއް އިހުތިޔާރު ކުރަން ޖެހެ އެވެ.
އާންމުކޮށް ކޮންމެ ހަ މަހަކުން އެއްފަހަރު ދަތުގެ ޑޮކްޓަރަށް ދެއްކުމަކީ ދަތްތަކުގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެކެވެ.
މި ލިޔުން ގެނެސްދީފައި މިވަނީ ފެމެލީ ޑެންޓަލް ކެއާ ކްލިނިކްގެ ފަރާތުންނެވެ.
Comment