about 1 hour 0
about 1 hour 0
އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ 18 އެކަޑަމީ އަކުން ވާދަކުރާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެ ގޮތުން، އެފްއޭއެމް އިން މުބާރާތުގެ ގުރުއަތުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު، މުބާާރާތުގެ ފޯމެޓް ރާވާފައިވަނީ 18 ޓީމު ތިން ގްރޫޕަކަށް ބަހާ ގޮތަށެވެ. އެއީ، ގްރޫޕެއްގައި ހަ ޓީމު ވާދަކުރާ ގޮތަށެވެ. އަދި، ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ތިން ޓީމެއްގެ އިތުރުން، ތިން ގްރޫޕްގެ ހަތަރު ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެއް ހިމެނޭ ގޮތަށް، 10 ޓީމުގެ މެދުގައި ކުރިއަށްދާނީ ލީގު ބުރެކެވެ. ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ.
މުބާރާތުގައި ކޮންމެ ޓީމެއްގައި، 25 ކުޅުންތެރިންނާއި އަށް އޮފިޝަލުން ހިމެނޭއިރު، ޖުމްލަ އެކު ހަ ސަތޭކަ އަށް ވުރެން ގިނަ މީހުން މިކަމުގައި ޝާމިލުވާނެ އެވެ. އެހެންކަމުން، މިއީ، މިހާތަނަށް ވަކި އުމުރުފުރާ އަކަށް މި ގޮތަށް ބާއްވާ އެންމެ ބޮޑު ޔޫތު ފުޓްބޯޅަ މުބާރާތެވެ.
ގްރޫޕްތައް ބެހިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓަރީ، އޮޑި އެކަޑަމީ، އަޝްފާގު އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް އެކަޑަމީ، ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބް (އެޗްވައިއެސްސީ)، އަދި ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.
ގްރޫޕް ދޭއްގައި ހިމެނެނީ، އީގަލްސް އެކަޑަމީ (އެސްޕަޔާ އެކަޑަމީ)، ޓީސީ ސްޕޯޓްސް ކްލަބް، ބީޖީ އެކަޑަމީ، އެޑްވެންޗާ ފުޓްބޯލް އެކަޑަމީ، ޖޫނިއާ ފުޓްބޯލް އެކަޑަމީ އަދި މަހިބަދޫ ސްޕޯޓްސް ކްލަބް އެކަޑަމީ އެވެ.
މީގެ އިތުރުން، ގްރޫޕް ތިނެއްގައި ހިމެނެނީ، ކްލަބް ވެެލެންސިއާ އެކަޑަމީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، ހުޅުމާލެ ސްޓާސް ޔުނައިޓެޑް، ހުރިއްޔާ އެކަޑަމީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ (އެފްއެފްއެފްއޭ) އަދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.
Comment