Advertisement

އޮޓޯގީ ނޫޑްލްސް އާއި ނެސްލޭ އައިސްކްރީމް ރަހަ ބަލާލުމުގެ ފުރުސަތު

about 2 hours 0


އޮޓޯގީ ނޫޑްލްސް އާއި ނެސްލޭ އައިސްކްރީމް ރަހަ ބަލާލުމުގެ ފުރުސަތު

about 2 hours 0

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ނުވަ ވަނަ "ފުޑް އެންޑް ބެވަރޭޖް ޝޯ 2026" (އެފްއެންބީ ޝޯ) އަކީ ކާބޯތަކެތީގެ އާ ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެކެވެ.

މި ޝޯގެ ތެރެއިން އާންމުންގެ މެދުގައި މަގުބޫލު ދެ ބްރޭންޑެއް ކަމަށްވާ އޮޓޯގީ އަދި ނެސްލޭގެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު އެމްއެޗްއޭއިން ވަނީ ހުޅުވާލާފަ އެވެ. ކޮރެއާގެ އޮޓޯގީ ބްރޭންޑްގެ ތަފާތު ރަހަތަކުގެ ނޫޑްލްސްތައް މި ޝޯގައި އެމްއެޗްއޭއިން ދަނީ ޕްރޮމޯޓުކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެތި އުފައްދާ ކުންފުނި، ނެސްލޭގެ ތަފާތު ވައްތަރުގެ އައިސްކްރީމްތަކުގެ ރަހަ ބަލާލުމަކީ މި ޝޯއަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ލިބޭނެ ހާއްސަ އުފަލެކެވެ.


ޝޯއާ ބެހޭ މައުލޫމާތު

  • ތާރީހު: ޖެނުއަރީ 21 - 24، 2026
  • ތަން: ސެންޓްރަލް ޕާކު، ހުޅުމާލެ
  • މި އަހަރުގެ ޝޯގެ މެއިން ޕާޓްނަރަކީ ނެސްލޭގެ ބްރޭންޑެއް ކަމަށްވާ ނެސްކެފޭ

މި ޝޯގައި 50 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، މިއީ ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމު ކަސްޓަމަރުން ބައްދަލުވެ، އާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހޯދުމަށް ލިބޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.