Advertisement

ނޫސް ބަޔާން

about 2 hours 0


ނޫސް ބަޔާން

about 2 hours 0

ކިއު ސްޓަޑީ މޯލްޑިވްސް, ކިއު ސްޓަޑީ، ކިއު ސްޓަޑީ ވަރލްޑް، އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ، ކިއު ވޯލްޑް އެކްސްޕޯ، ސްޓަޑީ އެބްރޯޑު، އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑު، އެޑިއުކޭޝަނަލް އެކްސްޕޯ (Q Study Maldives, Q Study, Q Study World, Q World, International Education Expo, Q World Expo, Study Abroad, International Study Abroad Educational Expo) މި އެންމެހާ ނަންތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ޒައި އިންވެސްޓްމަންޓަށް ރަޖިސްޓަރ ކޮށްދެއްވާފައިވާ ނަންތަކަކެވެ. އަދި ފާއިތުވެ ދިޔަ 7 އަހަރު ދުވަހު މި ނަންތަކުގައި ވަރަށް ގިނަ ކާމިޔާބު އެޑިއުކޭޝަނަލް ފެއަރ އަދި އެކްސްޕޯތަކެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ވަނީ ހިންގާފައެވެ. އަދި އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ފޮނުވިފައެވެ.

ނަމަވެސް، ބޭރު ބަޔަކާއި ގުޅިގެން، "ލީގަލް އެއިޑް އެލް.އެލް.ޕީ" ކިޔާ ބައެއް ވަނީ MY Q STUDY ގެ ނަމުގައި ވިޔަފާރި ނަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގައި ރަޖިސްޓަރީކޮށްފައެވެ. މިއީ ސީދާ އަޅުގނޑުގެ ނަމުގައި ރެޖިސްޓަރކޮށްފައިވާ Q Study އަދި Q Study Maldives ގެ ނަން އޮޅުވާލައިގެން ކުރިއަށް “My” އިތުރުކޮށް، ކިޔަން ނޭނގޭނެ ފަދަ ކުޑަ ފޮންޓެއް ބޭނުންކޮށްގެން މީހުންނަށް އޮޅޭނެ ފަދަ ގޮތަކަށް އިސްތިހާރުކުރުމަށް ބޭނުންކޮށްފައިވާ އުކުޅެކެވެ.

މިކަމާއި ގުޅިގެން އަޅުގަނޑުމެން ޝަކުވާ ހުށަހެޅުމުން އެނަން ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ "ލީގަލް އެއިޑް އެލް. އެލް. ޕީ" އަންގާފައެވެ. ނަމަވެސް ނަން ބަދަލު ކުރުމަށް އަންގާފައިވަނިކޮށް މިހިނގާ ޖަނަވަރީ މަހުގެ 16 އަދި 17 ވަނަ ދުވަހު ބާސެލޯ ނަސަންދުރަ ހޮޓަލުގައި MY Q STUDY އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯ އެއް ބޭއްވުމަށް މާލެ މަގުތަކާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އިޝްތިހާރު ކުރަމުންނެވެ. Q STUDY MALDIVES އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުންކޮށްގެން އަދި އަޅުގަނޑުމެންގެ ރެޖިސްޓަރޑް ލޯގޯ ބޭނުންކޮށްގެން ދަރިވަރުންނާއި ބެލެނިވެރިނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހަރަކާތްވަނީ ދައުލަތުގެ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ ސަމާލުމަކަށް ގެނެސްފައެވެ. އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގައި އެކްސްޕޯ އެއް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެއްވެސް ފަރާތަކަށް ދީފައިނުވާކަން އެ ވުޒާރާއިން ވަނީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައެވެ.

ވުމާއެކު، މިއީ Q STUDY ގެ ނަން އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް، ޚާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހީލާތްތެރި ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި މިކަން ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަމެވެ. ބާސެލޯ ނަސަންދުރަ ހޮޓަލްގައި 2026 ޖަނަވަރީ 16 އަދި 17 ގައި ބޭއްވުމަށް އިސްތިހާރުކުރަމުންދާ އެޑިއުކޭޝަނަލް އެކްސްޕޯ އަކީ Q STUDY MALDIVES އަދި INTERNATIONAL STUDY ABROAD EDUCATION EXPO އާއި އެއްވެސް ގުޅުމެއް އޮތް އެކްސްޕޯ އެއް ނޫންކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ. އަދި MY Q STUDY އަކީވެސް Q STUDY MALDIVES އާއި އެއްވެސް ގުޅުމެއްވާ ފަރާތެއް ނޫން ކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.


Q STUDY MALDIVES ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް އޮޅޭގޮތަށް އެޑިއުކޭޝަނަލް އެކްސްޕޯ ހިންގުމަށް އިޝްތިހާރުކުރަމުން އަދި ދަރިވަރުން އަތުން ފައިސާ ނަގަމުން ދާކަމުގެ މަޢުލޫމާތު ލިބިފައިވާތީވެ މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ޤާނޫނީ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅިގެން ސިވިލްކޯޓަށް ދައުވާ އުފުލިފައިވާ ވާހަކަ ދެންނެވީމެވެ.

ޝުކުރިއްޔާ.

15 ޖެނުއަރީ 2026