Advertisement

އަކްބަރު ސައިގެ ކޮންމެ 'ކޯވަރަކުން' ތަފާތު ތަޖުރިބާއެއް!

about 2 hours 0


އަކްބަރު ސައިގެ ކޮންމެ 'ކޯވަރަކުން' ތަފާތު ތަޖުރިބާއެއް!

about 2 hours 0

ދުނިޔޭގެ ސައިގެ ބާޒާރުގައި ސްރީލަންކާގެ ނަން ރަން އަކުރުން ފެވިފައިވާއިރު، އެ ފަހުރުވެރި ކާމިޔާބީގެ އެންމެ ކުރީ ސަފުގައި އޮތީ "އަކްބަރު" އެވެ. އާއިލީ ވިޔަފާރިއެއްގެ ގޮތުގައި 1969 ވަނަ އަހަރު ފެށި އަކްބަރު ބްރަދާސް އަކީ މިއަދު ސްރީ ލަންކާއިން އެންމެ ގިނައިން ސައިފަތް އެކްސްޕޯޓްކުރާ ކުންފުންޏެވެ.

ދިވެހިންގެ މެދުގައި މަގުބޫލް މި ސައިފަތް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ބީއެޗްއެމް ޓްރޭޑާސްއިންނެވެ.

ގޭތެރޭގައި ސުފުރާމަތީގަ އާއި ސައި ހޮޓާތަކާއި ރެސްޓޯރަންޓުތަކުގައި އަހަރެމެންގެ ދުލުގައި ޖެހޭ މި ރަހައިގެ ކާމިޔާބީގެ އަސްލަކީ އަކްބަރު ކުންފުނިން ގެންގުޅޭ މަތީ ފަންތީގެ މިންގަނޑުތަކެވެ. ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމަށް ސައިފަތް ފޯރުކޮށްދެމުން ދާއިރު، ކޮންމެ ދުވަހަކުވެސް ތަަޖުރިބާކާރުން ސައިގެ ރަހައާއި ފެންވަރު ބަލައި ކަށަވަރުކުރެއެވެ.

މި މަރުކާގެ ދަށުން މިހާރު އުފައްދަނީ ހަމައެކަނި ކަޅު ސަޔެއް ނޫނެވެ. ބްލެކް ޓީ، ގްރީން ޓީ، އަދި ތަފާތު މޭވާގެ ރަހަތައް ހިމެނޭ "ފްލޭވަޑް" ސައިފަތް ޕެކެޓުގެ އިތުރުން ހާބަލްގެ އެކި ބާވަތްތައް އަކްބަރުން އުފައްދައެވެ. މީގެ ކޮންމެ ކޯވަރަކީ ތަފާތު ތަޖުރިބާއެކެވެ.


އަކްބަރު ޓީގެ އަމާޒަކީ މިއަދުވެސް އަދި މާދަމާވެސް ސިލޯން ސައިގެ ހަގީގީ ރަހަ ދުނިޔޭގެ ކޮންމެ ކަނަކަށް ފޯރުކޮށްދިނުމެވެ.

ފަރު ބަދަމަތީ ހިސާބުތަކުގެ ތާޒާ ވައިގެ ތެރޭގައި ހެދިފައިވާ ސައިފަތް ދަނޑުތަކުން ތައްޔާރުކުރެވޭ "އަކްބަރު ޓީ" އަކީ ހަށިގަނޑަށް އާދަޔާ ހިލާފު ދިރުމެއް ގެނެސްދޭ، ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އިތުބާރު ލިބިފައިވާ ނަމެކެވެ.

އަކްބަރު ބްރަދާސްގެ ބައި ގަރުނަށް ވުރެ ގިނަ އަހަރުވީ ތަޖުރިބާ ގަތާލާފައި ވަނީ ކޮންމެ ސައި ތަށްޓެއް ވެސް އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށެވެ.