about 5 hours 0
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 5 hours 0
ތައިލެންޑުގެ ނޮންތަބުރީގައި އިއްޔެ ފެށި ސާފް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ކުުޅުނު މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވި ނަމަވެސް ފުރަތަމަ މެޗަށް ބަލާއިރު، ރާއްޖޭން ކުރި މަސައްކަތް ރަނގަޅު ކަމަށް ޓީމުގެ ކޯޗު، އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ގައުމީ ފުޓްސަލް ޓީމުން ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔައިރު، މިއަދު އިންޑިއާއާ ބައްދަލުކުރީ މުޅިން އަލަށް އިންޑޯއެއްގައި ކުޅުނު މެޗުގަ އެވެ. އިންޑިއާ އިން މި މުބާރާތަށް އައީ މަހެއްހާ ދުވަހު އިންޑޯގައި ޕްރެކްޓިސްތައް ބާއްވައިފަ އެވެ.
އިއްޔެގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އާތީ ބުނީ، އަލަށް އިންޑޯއެއްގައި މެޗެއް ކުޅެން އެރި ޓީމަކާ ބަލައި ރާއްޖޭން ކުރި މަސައްކަތް ރަަނގަޅު ކަމަށެެވެ. އަދި، އިންޑިއާ ޓީމުން މަހެއްހާ ދުވަހު އިންޑޯގައި ޕްރެކްޓިސް ކޮށްފައި އައިސް ރާއްޖެއާ ދެކޮޅަށް ދެއްކި ތަފާތަކީ، އެ ޓީމަށް މުބާރާތް ކުޅޭ ފަދަ ތަނެއްގައި ހުރި ފަރިތަކަން ކަމުގައި އާތީ ވަނީ ފާހަގަކޮށްފަ އެވެ.
"އަލަށް އިންޑޯއެއްގައި މެޗު ކުޅެން ޖެހުނީމަ އެ ދަތި ދިމާވި، ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ،" އާތީ ބުންޏެވެ.
ލީގު އުސޫލުން ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ގައުމީ އަންހެން ފުޓްސަލް ޓީމުން ދެ ވަނަ މެޗުގައި، ބުރާސްފަތި ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، މި މަހު 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ.
އޭގެ ފަހުން، ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
Comment