about 18 hours 1
about 18 hours 1
އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަކީ އިސްލާމް ދީނާ ހިލާފު ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު މިރޭ ސިފަ ކުރައްވައިފި އެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޖުވާ ކުޅުން ގާނޫނީ ގޮތުން މަނާ ކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުގެ ކަންކަމަކީ މި މާތްވެގެންވާ އިސްލާމް ދީން ދެކެ ލޯބި ކުރައްވާ މި ސައްތައިންސައްތަ އިސްލާމީ މުޖްތަމައުގައި ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދީ ޖުވާގެ މާނަ ބިލުގައި ރަނގަޅަށް ސާފުވެފައިނުވާތީ އެވެ. އަދި އޮންލައިންކޮށް ޖުވާ ކުޅުން މަނާ ކުރަން ވަރުގަދަ އުސޫލުތަކެއް ހިމަނާފައިނުވާތީ އެކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔެވެ.
އެކަމަކު، މުއިއްޒު މިރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށްވީ ދީނުގައި އޮތް ގޮތަށް އެމަނިކުފާނު ކަންތައް ކުރައްވަން މަސައްކަތް ކުރެއްވުމުން ކަމަށެވެ.
"ދީނުގައި އޮތް ގޮތަށް އެކަން ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ލީމާ މިކަންވެއްޖެ ވަރަށް ބޮޑު މައްސަލައަކަށް ބައެއް ފަރާތްތަކަށް ސިޔާސީ ގޮތުން. އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment