Advertisement

މާފަންނު ދަނޑުގެ ގުދަންތަކުގެ މައްސަލަ ހައްލުކޮށް ދެ ދަނޑު އަޅަނީ

6 ޖަނަވަރީ 2026 - 07:37 0


މާފަންނު ދަނޑުގެ ގުދަންތަކުގެ މައްސަލަ ހައްލުކޮށް ދެ ދަނޑު އަޅަނީ

6 ޖަނަވަރީ 2026 - 07:37 0

މާފަންނު ދަނޑުގައި އަޅާފައިވާ ގުދަންތަކުގެ އެއްބަސްވުމަށް އަމަލުކުރުން ނިމުމަކަށް ގެނެސް, އެ ތަނުގައި ދެ ދަނޑު އެޅުމުގެ މަސައްކަތް ފުޓްބޯލްް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައިފި އެވެ.

އެފްއޭއެމް ހިންގާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، މީިޑިއާ އަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާއިން ހަރަދުކޮށްގެން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމް އަށް ދޫކޮށްފައިވާ މާފަންނު ފުޓްބޯޅަ ދަނޑުގެ ބިމުގައ،ި ފީފާއިން ޚަރަދު ކޮށްގެން ބިނާކޮށްފައިވާ އިމާރާތުގެ ބޭރުން ގުދަން ހެދުމަށާއި އެކިކަންކަމަށް ބިންދޫކޮށްފައިވަނީ އެފްއޭއެމްގެ އެކްސްކޯގެ ނިންމުމެއް ނެތި ކަމަށެވެ. އަދި، އެ ކަން ކުރުމަށް، ފީފާގެ ނިންމުމެއް ނުވަތަ ހުއްދައެއް ނެތްއިރު، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ވެސް ހުއްދައެއް ހޯދާފައިނުވާ ކަމަށާއި މި ސަބަބުތަކާ ހުރެ އެ އެއްބަސްވުންތަކަށް އަމަލުނުކުރަން އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ހަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް 1 ފެބްރުއަރީ 2017 އިން ފެށިގެން 50 އަހަރަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްފައިވާ ބިމެކެވެ.

މާފަންނު ދަނޑުގެ އެ ބިމުގެ ކަންކަން ހައްލުކުރުމަށް އެފްއޭއެމް އިން އަންނަނީ އެކި ނިންމުންތައް ނިންމަަމުންނެވެ. އެ ގޮތުން، އެއްބަސްވުމަށް އަމަލުނުކުރަން ނިންމި ނިންމުމަކީ، މި ބިން އެފްއޭއެމްގެ ބެލުމުގެ ދަށަށް ގެނައުމުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

އޭގެ އިތުރުން، އެފްއޭއެމް ހިންގާ ކޮމިޓީން ވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތައް ފުޓްބޯޅަ ފެސިލިޓީ ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ މާފަންނު ދަނޑުގެ އެ ބިމުގައި ފުޓްބޯޅަ ބޮޑު ދަނޑުގެ 2 ދަނޑު އަޅަން ނިންމައި، ކުރެހުން ވެސް ފާސްކޮށްފަ އެވެ.

ކުށުގެ އިސްލާހު:

މި ހަބަރު ފުރަތަމަ ގެނެސްދެވުނުއިރު، ހުޅުމާލޭގެ ޓާފް ދަނޑު އަޅާ ވާހަކަ ހިމެނިފައިވަނީ ލިއުމުގެ ކުށަކުންނެވެ.