4 ޖަނަވަރީ 2026 - 06:46 0
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް
4 ޖަނަވަރީ 2026 - 06:46 0
ހީނާމާގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް ފެންނަން ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި ހީނާމާގެ އާރްސީސީއަށް ދިން ކަމަށް ނެތީ އެ ކުންފުންޏަށް ބިން ދިން ކަމުގެ އެއްބަސްވުމެއް ފެންނަން ނެތުމުން ކަމަށެވެ.
މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ 8،000 އަކަފޫޓުގެ ހީނާމާގެ ދިގު މުއްދަތަކަށް އާރުސީސީއަށް ދީފައި ވަނީ ޕާކިން ބިލްޑިންއެއް ހެދުމަށާއި، ވިޔަފާރީގެ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށެވެ.
"ކައުންސިލްގައި އެ ނެތް ފެންނާކަށް އެނގޭތޯ [ހީނާމާގެ އާރްސީސީއާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް]. އަޅުގަނޑުމެން އެ އޮތީ ޕަބްލިޝް ކޮށްފައި ކައުންސިލްގައި ހުރި ހުރިހާ އެއްޗެއް،" މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހީނާމާގެ އާރްސީސީއަށް ދީފައި އޮތް ކަމަށް ބުނެ މިހާތަނަށް ކައުންސިލަށް އެ ކުންފުނިން ނުވެސް އަންނަ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ކަންތައް ކޮޅެއް ޖެއްސުމަށް ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުގައި ނެތް އެއްބަސްވުމެއް ހިފައިގެން އައިސްފިނަމަ، އެ އެއްބަސްވުން ބަލައި ނުގަންނަން ކައުންސިލުން މިހާރު ފާސްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
Comment