Advertisement

އެފްއޭއެމް އިން 14 އަހަރުން ދަށުގެ މުބާރާތް ފެބްރުއަރީ މަހު ބާއްވަނީ

about 2 hours 0


އެފްއޭއެމް އިން 14 އަހަރުން ދަށުގެ މުބާރާތް ފެބްރުއަރީ މަހު ބާއްވަނީ

about 2 hours 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ފެބްރުއަރީ މަހު 14 އަަހަރުން ދަށުގެ މުބާރާތް ބާއްވަން ވަނީ އިއުލާނުކޮށްފި އެވެ.

އެ ގޮތުން، އެފްއޭއެމް އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ފެބްރުއަރީ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ ގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފްއޭއެއެމްގެ އެކަޑަމީ މިންގަނޑުތަކުގެ ކްރައިޓީރިއާތައް ފުރިހަމަ ކޮށްފައިވާ އެކަޑަމީތަކުން މި މަހު 11 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ގޮތުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ވަނީ، އެފްއޭއެމްގެ އިއުލާނާ އެކު އެޓޭޗް ކުރެވިފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރިހަަމަ ކުރުމަށް ފަހު، [email protected] އީމެއިލް މެދުވެރިކޮށް އެފްއޭއެމަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ، އެފްއޭއެމްގެ އެކަޑަމީ މިންގަނޑުތަކުގެ ކްރައިޓީރިއާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މި މުބާރާތުގައި ބައިވެރިވުމަށް ފަހު، އެކަޑަމީ މިންގަނޑުތަކަށް ފެތުމަށް ފުރިހަމަަ ކުރަން ޖެހޭ ކަންކަމަށް ފުރުސަތު ދޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިން އެންމެ ފަހުން، 14 އަހަރުން ދަށަށް މުބާރާތެއް ބޭއްވީ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން އިސްނަގައިގެން މިދިޔަ އަހަރު ތިން އުމުރުފުރާ އަކަށް ދިވެހި ޔޫތު ލީގު ބޭއްވިއިރު އެވެ. މި ފަަހަރު، އެފްއޭއެމް އިން 14 އަހަރުން ދަށަށް މުބާރާތް ބާއްވަން އިއުލާނުކުރިއިރު، އަންނަ އަހަރު ޔޫތު ލީގު ބާއްވަން އެމްއެސްއެމް އިން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިިބިފައިވެ އެވެ.