ޖަޕާނުގެ މަޝްހޫރު ކާއޯ ކޯޕަރޭޝަން އިން އުފައްދާ ލޯރިއާ ބްރޭންޑަކީ ރާއްޖޭގެ ބާޒާރުގައި ވެސް އަދި މުޅި އޭޝިއާ ސަރަހައްދުގައި ވެސް އެންމެ އިތުބާރު ބޮޑު އެއް ނަމެވެ. 2025 ވަނަ އަހަރުގެ އެންމެ ވަރުގަދަ ސެނިޓަރީ ޕެޑް ބްރޭންޑުތަކުގެ ލިސްޓުގައި ލޯރިއާ ހިފެހެއްޓި ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއީ؛
- ހަންގަނޑަށް އުނދަގޫނުވާނެހެން، ވަރަށް މަޑު ފޮއްޗެއް ފަދަ އިހުސާސެއް ކޮށްދޭ ލޭޔަރެއް ބޭނުންކޮށްފައިވެއެވެ. މިއީ ނާޒުކު ހަންގަނޑު ހުންނަ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
- ލޯރިއާގެ ޕެޑުތަކަކީ ދިޔާ ތަކެތި އަވަހަށް ދަމައިގަތުމުގެ ގާބިލްކަން ލިބިގެންވާ، ބޭރަށް ލީކުވުމުގެ ފުރުސަތު ކުޑަ އުފެއްދުންތަކެކެވެ.
- ތުނި އަދި އަރާމު ލޯރިއާގެ 'ސްލިމް' އަދި 'އަލްޓްރާ ސްލިމް' ރޭންޖަކީ ހަރަކާތްތެރިވެ އުޅޭއިރު ފަސޭހަ، ބޭރަށް ނޭނގޭހާ ތުނިކޮށް ފަރުމާކޮށްފައިވާ ޕެޑުތަކެކެވެ.
- މީގެ ޕެޑުތަކަކީ 'ބްރީތަބަލް' ލޭޔަރެއް ހިމެނޭ އެއްޗަކަށް ވުމުން، ހޫނު މޫސުމުގައި ނުވަތަ ގިނައިރު ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ވެސް ތާޒާކަން އިހުސާސްކޮށްދެއެވެ.
މި އަހަރުގެ އެންމެ ވަރުގަދަ ޕެޑްގެ 10 ބްރޭންޑު
- އޯލްވޭސް / ވިސްޕާ: ޕީއެންޑްޖީގެ އެންމެ ވަރުގަދަ ބްރޭންޑް
- ކޮޓެކްސް: ކިމްބާލީ-ކްލާކްގެ މަޝްހޫރު ބްރޭންޑެއް. މިއީ ރާއްޖޭގައި ސެނިޓަރީ ޕެޑަށް ކޮޓެކްސް ކިޔަން ފެށި މި ބްރޭންޑުގެ ސަބަބުން
- ސޯފީ: ޔުނިޗާމް ކުންފުނީގެ، ހޫނު ގައުމުތަކަށް ހާއްސަ ކޫލް ޓެކްނޮލޮޖީ ހިމެނޭ
- ލިބްރެސް/ބޮޑީފޯމް: ސްވިޑަންގެ އެސިޓީ އޭބީގެ އުފެއްދުމެއް
- ސްޓޭފްރީ: އެޖްވެލް ޕާސަނަލް ކެއާ އަދި ޖޭއެންޑްޖޭ އިން މާކެޓްކުރާ ބްރޭންޑެއް.
- ކެއާފްރީ: މައިގަނޑު ގޮތެއްގައި ޕެންޓީ ލައިނަރުން މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއް.
- ސްޕޭސް7: ޗައިނާގެ ހެންގްއަން އިންޓަރނޭޝަނަލްގެ އެންމެ ބޮޑު ބްރޭންޑް.
- މޮލްޕެޑް: ބައެއް ސަރަހައްދުތަކުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ބްރޭންޑެއް.
- ނެޓްރާކެއާ: ޕްލާސްޓިކް ފްރީ، އޯގަނިކް ޕެޑު އުފައްދާ އެންމެ ވަރުގަދަ ބްރޭންޑް.
މާނީ ޓެކްނޮލޮޖީއާއެކު ޖަޕާނުން އުފައްދާފައިވާ ލޯރިއޭ އަކީ ދިވެހި އަންހެނުންގެ މެދުގައި އިތުބާރު ހޯދާފައިވާ، ހިތްހަމަޖެހުމާއެކު މިނިވަންކަމުގައި އުޅުމުގެ ފުރުސަތު ހޯދައިދޭ އުފެއްދުމެކެވެ. ސިންގަޕޫރުގައި ވެސް އެންމެ މަގުބޫލު ލޯރިއާގެ އުފެއްދުންތައް މާކެޓުކޮށް ޑިސްޓްރިބިއުޓު ކުރަނީ ވެސްޓްރޭޑްގެ އައިޑިއާ ފިހާރައިންނެވެ.
މާލޭގައި އައިޑިއާގެ ދެ ފިހާރަ ހުރެ އެވެ. އަދި ހުޅުމާލޭގައި ވެސް ފިހާރައެއް ހުރެ އެވެ.
Comment