about 2 hours 0
އަހުމަދު އާއިދު
މާލެ ސަރަހައްދުގައި ކުޑަ ފިރިހެންކުއްޖަކު އޭނާގެ ބައްޕަ އާއެކު ---- ފޮޓޯ: އަދަދު
about 2 hours 0
ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ދޭ އުސޫލަށް ބަދަލު ގެނެސް 15،000ރ. އާއި ހަމައަށް އެ އިނާޔަތް ދެވޭނެހެން ގަވާއިދު ބަދަލުކޮށް ގެޒެޓުކޮށްފި އެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މިހާތަނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއް މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ގެޒެޓުކުރި ބަދަލުގެ ސަބަބުން ކުރިން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000ރ. އަށް ބޮޑުވެފަ އެވެ. ހަތަރަކަށްވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއްނަމަ ކުއްޖަކަށް އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000ރ. އެވެ.
މި އުސޫލުން މަހެއްގެ މައްޗަށް އައު ބަދަލުތަކާއެކު 15،000ރ. އާއި ހަމައަށް އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދެވޭނެ އެވެ. އައު ބަދަލާއެކު މި އިނާޔަތުގެ ގޮތުގައި އަހަރު މީހަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 180،000ރ. ކަމަށް ވެސް ގަވާއިދަށް ގެނެވުނު ބަދަލުގައި ބުނެފައިވެ އެވެ،
މި ފެށޭ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސް ބޮޑުކުރަން ނިންމަވާ ރައީސް މުހައްމަދު މުއިއްޒު އެކަން އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
"މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖެނުއަރީ މަހުން ފެށިގެން. ސިންގަލް ޕޭރެންޓު އެލަވަންސް. އެކަނިވެރި މައިންނަށް ދޭ އެލަވަންސް. ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑުވެގެންދާނެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5،87 ފަރާތެއް އެބަތިބި،" އޮކްޓޯބަރު 21، ގައި ލ. ގަމުގައި ހުންނަވާ މުއިއްޒު ވިދާޅުވި އެވެ.
މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ވެސް މި އިނާޔަތް ބޮޑުކުރަން ހިމަނާފައިވެ އެވެ.
Comment