Advertisement

ހުލާސާކޮށް އިއްޔެ: އެންމެ ބޮޑު ލަގްޒަރީ ހައުސިން މަޝްރޫއު ޗައިނާގެ ކުންފުންޏަކަށް

about 2 hours 0

ހުޅުމާލޭ ޗެނަލް ޕާކް -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އެންމެ ބޮޑު ލަގްޒަރީ ހައުސިން މަޝްރޫއު ޗައިނާގެ ކުންފުންޏަކަށް

about 2 hours 0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު، ބީލަމުގެ ކުރިން ވެސް އަޑު ފެތުރިފައިވާ ގޮތަށް، ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން އިއްޔެ ނިންމި އެވެ.

މި މަޝްރޫއު ޗައިނާ ކުންފުންޏަށް ދޭން ނިންމީ، ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގެ އެޖެންޑާގައި އައިޓަމްތަކުގެ ނަން ލިޔެފައިވާއިރު، މި މަޝްރޫއު ހިމަނާފައި ނެތް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

"ހަގީގަތަކީ ރަސްމީކޮށް އެޖެންޑާގައި ނުހިމަނައި ނިންމާފައި އެ އޮތީ. އެޖެންޑާގައި ހިމަނާފައިވާ ކަންކަން ނިމުމަށް ފަހު، ދެން ބާކީ ހުރި އައިޓަމްތަކުގެ ތެރޭގައި މި ބިޔަ މަޝްރޫއު އޮތީ. މިއީ މިފަދަ މަޝްރޫއުއެއްގައި އަމަލުކުރަންޖެހޭ ގޮތެއް ނޫން،" ބޯޑުގެ ބައެއް މެންބަރުން ބުންޏެވެ.

"މިއީ ސަރުކާރުން ބޭނުން ވެގެން ވަކި ބަޔަކަށް ދޭން ނިންމާފައި އޮތް މަޝްރޫއެއް."

މިއަދު ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ނިންޓޮންގްއާއެކު ތިން މަސް ދުވަހުގެ ފްރޭމްވޯކް އެގްރީމަންޓެއްގައި ސޮއިކުރުމަށެވެ. މި މުއްދަތުގެ ތެރޭގައި މަޝްރޫއުގެ ބިޒްނަސް ޕްލޭނާއި، ކޮންސެޕްޓް އަދި ސީއެސްއާރުގެ ކަންކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ނިންޓޮންއިން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ބިމުގެ ބޮޑު މިކަނީ އިއުލާނުގައި ވެސް ކަނޑައަޅާފައިވާ މިންވަރެވެ. އެއީ 125,387.81 އަކަފޫޓު އެވެ. ޖުމުލަ ފްލޯ އޭރިއާ 1.3 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ.

މުހިއްމު ބައެއް ހަބަރު