Advertisement

މާލޭގެ މަގުތައް ހަދައި ވިލިމާލެ ހޮސްޕިޓަލް އަދި 50 ކައުންސިލް އިމާރާތް އަޅަން ޗައިނާއިން 85 މިލިއަން ޑޮލަރު ދީފި

about 2 hours 0


މާލޭގެ މަގުތައް ހަދައި ވިލިމާލެ ހޮސްޕިޓަލް އަދި 50 ކައުންސިލް އިމާރާތް އަޅަން ޗައިނާއިން 85 މިލިއަން ޑޮލަރު ދީފި

about 2 hours 0

ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އެހީވުމުގެ ގޮތުން މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް 85 މިލިއަން ޑޮލަރުގެ އެހީއެއްވެއްޖެ އެވެ.

އެ އެހީގެ އެއްބަސްވުމުގައި މިއަދު ފޮރިން މިނިސްޓްރީގައި ސޮއިކުރެއްވީ ސަފީރު ކޮންގު ޝިއަންހުއާ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލް އެވެ.

"ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫއު ހިމެނޭ،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މިއީ ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވިއިރު އެ ގައުމުން ދޭނެކަމުގެ ޔަގީންކަން ދީފައި އޮތް އެހީއެކެވެ. އެ ދަތުރުގައި ރައީސް ހާމަކުރެއްވި ގޮތުގައި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ޗައިނާއިން ދޭނެ އެވެ.

އޭގެތެރެއިން ބޮޑުބައި ހަރަދުވާނީ މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.