Advertisement

ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އަލްބޭނިއާ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

about 2 hours 0


ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އަލްބޭނިއާ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

about 2 hours 0

ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.

އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ބެލިންޑާ ބަލުކޫއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަަތަކެއް ވަނީ ތިލަވެފަ އެވެ. ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައެއް އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ މި ޖަރީމާގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ވަނީ ހޯދިފަ އެވެ.

އެ މައްސަލައާ ގުޅިގެން އެ ގައުމުގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ ރަޔަޓް ފުލުހުން ވަނީ އަމާންކަން ބެލެހެއްޓުމަށް ނެރެފަ އެވެ. ސަރުކާރުގެ އޮފީސްތައް ހިމާޔަތްކުރި ނަމަވެސް މުޒާހަރާ ކުރާ މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

އެ ހުރިހާ ތުހުމަތެއް ދޮގުކޮށް އޭނާ ވަނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. އޭނާ ހައްޔަރު ކުރުމަށް އެ ގައުމުގެ ހާއްސަ ޕްރޮސެކިއުޝަން އޮފީހުން ވަނީ އެދިފަ އެވެ.

މަޖިލީހުގެ މެންބަރުންނަށް ލިބޭ ގާނޫނުން ހިމާޔަތް ލިބޭތީ އޭނާ ހައްޔަރުކުރެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ. ބެލިންޑާގެ ޕާޓީގެ މެޖޯރިޓީއެއް މަޖިލީހުގައި އޮވެ އެވެ.