Advertisement

ޖޮބަޓޮރީ ސާވިސަސް އެނގޭތަ؟ މިއޮތީ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތެއް

about 2 hours 0


ޖޮބަޓޮރީ ސާވިސަސް އެނގޭތަ؟ މިއޮތީ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތެއް

about 2 hours 0

ޖޮބަޓޮރީ ސާވިސަސް ފާހަގަކުރެވެނީ ހަމައެކަނި ސާފުކޮށްދޭ ކުންފުންޏެއްގެ ގޮތުގައެއް ނޫނެވެ. އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ހިދުމަތެއް ފޯރުކޮށްދިނުމެވެ.

އެކުންފުނިން، ސާފުކުރުމުގެ މަސައްކަތުގައި ބޭނުންކުރަނީ އެންމެ ފަހުގެ ޒަމާނީ ޕްރޮފެޝަނަލް އިކުއިޕްމަންޓްތަކެވެ. ބޭނުންކުރާ ހުރިހާ ކެމިކަލްތަކަކީ ވެސް އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެހެން، ރައްކާތެރި މިންގަނޑުތަކަށް ފެތޭ ތަކެއްޗެވެ. މި ހުރިހާ މަސައްކަތެއް ކުރަނީ ޕްރޮފެޝަނަލް ކްލީނިންގް ސާވިސްތަކުގެ ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް އިތުބާރު ހުރި، ޕްރޮފެޝަނަލް ހިދުމަތެއް ފޯރުކޮށްދިނުން. އެހެންވެ، ބޭނުން މިކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ޕްރޮފެޝަނަލް މިންގަނޑުތައް،" ޖޮބަޓޮރީގެ މެނޭޖަރު ވިދާޅުވިއެވެ.

އޭނާ ކިޔައިދިން ގޮތުގައި ގޭތެރޭގެ ސާފުތާހިރުކަމަކީ ފުރިހަމަ ސިއްހަތަކަށް އެންމެ މުހިއްމު ކަންތަކެވެ. އެހެންކަމުން، ސާފުކުރަން ބޭނުންކުރާ ކެމިކަލާއި ސާމާނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުރި ތަކެއްޗަށް ވުން މުހިއްމު ކަމަށް އޭނާ ގަބޫލުކުރެއެވެ.

ޖޮބަޓޮރީ ސާވިސަސް އަކީ ރާއްޖޭގައި ގޭބިސީތަކާއި އޮފީސްތައް ސާފުކުރުމާއި، ޕްލަމްބިން، ކުލަލުން, ގޭގައި ދިމާވާ ކުދިކުދި ކަރަންޓުގެ މައްސަލަތައް ހައްލުކުރުން އަދި އޭސީ މަރާމާތުކުރުން ފަދަ ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އިތުބާރު ހުރި ކުންފުންޏެކެވެ. މި ކުންފުނި މަގުބޫލުވެގެން ދިޔައީ މިފަދަ ހަރުދަނާ އުސޫލުތަކާއި ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުންނެވެ.

މެނޭޖަރު އިތުރަށް ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ ތަރުހީބު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން، މި ފެށޭ އާ އަހަރާ ދިމާކޮށް، ކަސްޓަމަރުންނާއި ސޯޝަލް މީޑިއާ ފޮލޯވަރުންނަށް އަގުހުރި އައިފޯމް 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި އަގުހުރި އައިފޯން 17 ޕްރޯ މެކްސް ކާމިޔާބު ކުރުމަށްޓަކައި، ޖޮބަޓޮރީ ސާވިސަސް ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުމަށްފަހު، ތިން ރަހުމަތްތެރިން ޓެގްކޮށް އަދި އެ ޕޯސްޓް ސްޓޯރީއަށް ޝެއާކޮށްލަން ޖެހެއެވެ. ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން ސްޓޯރީ ޝެއާކުރިކަން ކަށަވަރުކުރުމަށްޓަކައި ސްކްރީންޝޮޓެއް ޑީއެމް ކޮށްލަންޖެހޭނެއެވެ.

މި ގިވްއަވޭގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ ޖެނުއަރީ 16، 2026 ގައެވެ.

ހިދުމަތް ހޯދަން ގުޅާނީ: 7866655