about 2 hours 0
އަހުމަދު އާއިދު
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ---- ފޮޓޯ: އެޗްޑީސީ
about 2 hours 0
ބިންވެރިޔާ ސްކީމުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުމުގެ މީހުންގެ މެދުގައި ދެވަނަ ފަހަރަށް ނެގި ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.
ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމީ، ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް މެއި 26، 2025 ގައި ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބަދަލުތަކެއް އައުމުންނެވެ.
އެ ސަރަހައްދުން ހަތް ސައިޒެއްގެ 698 ގޯތި ދޫކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
ހައުސިން މިނިސްޓްރީން ފޭސް ތިނަކުން ދިން ގޯތިތަކުގެ ގުރުއަތުލުން ބޭއްވީ ކަލާފާނު ސްކޫލުގަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.
އޭގެއިތުރުން މާސްޓާ ޕްލޭންއަށް ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.
ކުރީގެ ޕްލޭންގައި އޮތީ ފޭސް އެކެއްގެ ފަޅުތެރެއިން ވެސް ބައެއް ހިއްކައި އެ ތަނުން ގޯތި ދޭ ގޮތަށެވެ. އެހެންނަމަވެސް، މާސްޓާ ޕްލޭންއަށް ގެނައި ބަދަލުގައި ފޭސް އެކެއްގެ ފަޅުތެރެއިން ހިއްކާ ސަރަހައްދު ވަނީ ކުޑަކޮށްފަ އެވެ. އަދި އެ ސަރަހައްދުން ގޯތި ވެސް މިހާރު އޮތް ޕްލޭނުގެ ދަށުން ނުދޭނެ އެވެ.
Comment