Advertisement

ޓޯކިޔޯގެ ސޯނާއެއްގައި ރޯވެ ދެމަފިރިއަކު މަރުވެއްޖެ

about 2 hours 0


ޓޯކިޔޯގެ ސޯނާއެއްގައި ރޯވެ ދެމަފިރިއަކު މަރުވެއްޖެ

about 2 hours 0

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ޕްރައިވެޓް ސޯނާއެއްގައި އަލިފާން ރޯވެ، އެތަނުގައި ދެމަފިރިއަކު ތާށިގެން މަރުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާ ޓޯކިޔޯ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 37 އަހަރުގެ ނެއިލް އާޓިސްޓެއް ކަމަށްވާ ޔޯކޯ މަޓްސޫޑާ އާއި އޭނާގެ ފިރިމީހާ، ބިއުޓީ ސަލޫނެއް ހިންގާ އުމުރުން 36 އަހަރުގެ މަސަނާރީ އެވެ.

އަލިފާން ރޯވާން މެދުވެރިވީ ސޯނާގެ ތެރޭގައި އޮތް ތުވާއްޔެއް އެތަނުގައި ހުރި ހޫނު ގަލެއްގައި ޖެހިގެން ކަމަށް ތަހުގީގަށް ހޯދިފައިވެ އެވެ. ފަޔާ ފައިޓަރުން އެތަނަށް ދިޔައިރު، މި ދެމަފިރިން ފެނިފައިވަނީ ދޮރު ކައިރީގައި އެކަކު އަނެކަކުގެ މައްޗަށް ވެއްޓިފައި އޮއްވައެވެ.

ފުލުހުން ބުނާ ގޮތުގައި، ދެމަފިރިން ސޯނާ ތެރޭގައި ތާށިވީ އެތަނުގެ ދޮރުގެ އަތްގަނޑު ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ. އަދި އެހީއަށް އެދި ގޮވާލުމަށް ސޯނާ ތެރޭގައި ހަރުކޮށްފައި ހުރި އެމަޖެންސީ އެލާމް ސިސްޓަމް ހުރީ ނިއްވާލާފައެވެ.

ތަހުގީގުގައި އެތަނުގެ މުވައްޒަފުން ބުނެފައިވަނީ 2023 ވަނަ އަހަރުން ފެށިގެން އެ އެލާމް ހުރީ ނިއްވާލާފައި ކަމަށެވެ. ނަމަވެސް، އެލާމްގެ ކަވަރު ނެގިފައި ހުރުމުން، މަރުވި ދެމަފިރިން އެހީއަށް އެދި އެލާމް ފިއްތަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވެއެވެ.