Advertisement

ވައި ކަޕް: ދަ ނެކްސަސް ހަބާއި އެޕޮކޮލިޕްސް އަށް ޗެމްޕިއަންކަން

about 1 hour 0


ވައި ކަޕް: ދަ ނެކްސަސް ހަބާއި އެޕޮކޮލިޕްސް އަށް ޗެމްޕިއަންކަން

about 1 hour 0

ކ. ތުލުސްދޫގެ ޒުވާނުންގެ ރޫހުގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ވައި ކަޕް ފިއެސްޓާގެ ވޮލީ ބޯޅަ ޗެމްޕިއަންކަން ދަ ނެކްސަސް ހަބް އިން ހޯދިއިރު، ފުޓްސަލްގެ ޗެމްޕިއަންކަން އެޕޮކޮލިޕްސް އެސްސީން ކާމިޔާބުކޮށްފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް މި ކުޅިވަރު ފިއެސްޓާގައި ކުރިއަށް ދިޔައީ އަންހެން ވޮލީ ބޯޅަ އަދި ފިރިހެން ފުޓްސަލް މުބާރާތެކެވެ.

އެ ގޮތުން، އަންހެން ވޮލީގައި ތިން ޓީމު ވާދަކުރިއިރު، ފައިނަލް މެޗުގައި ވާދަކުރީދަ ނެކްސަސް ހަބް ޓީމާއި ކަމަނަ ޓީމް އެވެ.މި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ދަ ނެކްސަސް ހަބް އިންނެވެ.

ޖުމްލަ އެކު، އަށް ޓީމު ވާދަކުރި ފުޓްސަލް މުބާރާތުގެ ފައިނަލްގައި އެޕޮކޮލިޕްސް އެސްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްލެކް އީގަލްސްގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ވަނަތަކަށް އިނާމް ދެއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އާއި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއި ކައުންސިލްގެ ބައެއް އެހެން މެންބަރުންނެވެ.

ވޮލީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ރާނީ" ގެ މަގާމަށް ދޭ ޓްރޮފީ ހާސިލްކޮށްފައިވަނީ، ދަ ނެކްސަސް ހަބްގެ މަރްޔަމް ޒީނިޔާ އެވެ. އަދި، ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ކިންގް"ގެ މަގާމު ހާސިލްކުރީ، ބްލެކް އީގަލްސްގެ މުހައްމަދު ޔަފާޢު އެވެ. މީގެ އިތުރުން ދެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިން ވަނީ ހޮވައިފަ އެވެ.

މި ކުޅިވަރު ފިއެސްޓާ އަކީ މީގެ ފަސް އަހަރު ކުރިން ފެށި ހަރަކާތެކެވެ. އަދި، ފަހުން، ކޮންމެ އަހަރަކު ތުލުސްދޫގައި މި ފިއެސްޓާ ކުރިއަށްގެންދެ އެވެ.