Advertisement

ބޯންމައުތު ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ވެސް ޔުނައިޓެޑަށް ޕޮއިންޓެއް

about 6 hours 0


ބޯންމައުތު ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ވެސް ޔުނައިޓެޑަށް ޕޮއިންޓެއް

about 6 hours 0

މެންޗެސްޓާ (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމައުތާ 4-4 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ، 16 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. އަނެއްކޮޅުން، ބޯންމައުތުން ވަނީ މި ޕޮއިންޓާ އެކު، 16 މެޗުން 21 ޕޮއިންޓް ހޯދައި، ލީގުގެ 13 ވަނަ އަށް ޖެހިލަައިފަ އެވެ.

އޯލްޑް ޓްރެފޯޑްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ޔުނައިޓެޑުން ވަނީ 13 ވަނަ މިނިޓްގައި އަމަދު ޑިއާލޯގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، މެޗުގެ 40 ވަނަ މިނިޓްގައި ބޯންމައުތުގެ އަންޓުއާން ސެމެންޔޯ ވަނީ އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، ބޯންމައުތަަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަލުން ލީޑުނެގީ، ކަސެމީރޯ ބޮލުން ޖެހި ގޯލަކުންނެވެ.

އެންމެ ފަހުން ދެ ފަހަރު ވެސް ޔުނައިޓެޑް ދަނޑުގައި މޮޅުވި ބޯންމައުތުން ދެ ވަނަ ހާފު ފަށައިގެން ހަތް މިނިޓް ތެރޭގައި ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މިނިޓެއް ނުހިނގަަނިސް ބޯންމައުތުން އެއްވަރުކުރީ، މާކަސް ޓަވަނިއާ ދިން ބޯޅައަކުން އެވަނިލްސަން ޖެހި ލަނޑުންނެވެ. އަދި، މެޗުގެ 52 ވަނަ މިނިޓްގައި ޓަވަނިއާ ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހައި ބޯންމައުތަށް ލީޑުނަގައިދީފަ އެވެ.

ޔުނައިޓެޑުން ވަނީ ދެ މިނިޓް ތެރެ ލަނޑު ޖަހައި އަނެއްކާ ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، 77 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސްގެ ހިލޭ ޖެހުމުން އެއްވަރުކޮށް، އޭގެ ދެ މިނިޓް ފަހުން، މަޓެއުސް ކޫންޏާ ޖެހި ގޯލުން ލީޑުނެގި އެވެ. އެހެން ނަމަވެސް، މެޗުގެ 84 ވަނަ މިނިޓްގައި، ބޯންމައުތުގެ އެލީ ޖޫނިއާ ކްރޫޕީ ވަނީ ލަނޑު ޖަހައި، އެއްވަރުކޮށްދީފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓަށް ވުރެން ގިނަ ވަގުތު ތެރޭގައި ބޯންމައުތު މޮޅުކޮށްދޭން ކްރިސް ބްރުކް ފޮނުވާލި ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ.