Advertisement

މުޒާހަރާގައި ބައިވެރިވާ މަސްދޯނިތަކަށް ފުލުހުން އަރަން ފަށައިފި

11 ޑިސެންބަރު 2025 - 11:13 1


މުޒާހަރާގައި ބައިވެރިވާ މަސްދޯނިތަކަށް ފުލުހުން އަރަން ފަށައިފި

11 ޑިސެންބަރު 2025 - 11:13 1

ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާ ބައެއް އޮޑިފަހަރުތަކަށް ފުލުހުން އަރަން ފަށައިފި އެވެ.

އެ މުޒާހަރާގައި ގާތްގަނޑަކަށް 60 މަސްއޮޑި ބައިވެރިވެ އެވެ. ފުލުހުން އޮޑިފަހަރަށް އަރަން ފެށީ އޮޑިފަހަރުގައި މަސައްކަތް ކުރާ ބިދޭސީން ހައްޔަރު ކުރުމުގެ ނަމުގަ އެވެ.

މަސްއޮޑިފަހަރަށް ފުލުހުން އަރަން ފެށިއިރު، މުޒާހަރާއަށް ހުރަސް ނާޅަން މަސްވެރިންގެ ޔޫނިއަނާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން އޮތީ މިއަދު ހެނދުނު ގޮވާލައިިފަ އެވެ.

މަސްވެރިންގެ މުޒާހަރާ އިއްޔެ ފެށީ ޑިސެމްބަރު 10، ގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހާ ގުޅުވަ އެވެ. މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

"އަޅުގަނޑުމެން މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު އަޅުގަނޑުމެން ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވަން، އެ ވައުދު ފުއްދައިދޭން،" މުޒާހަރާގައި ވާހަކަ ދައްކަވަމުން މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު އިއްޔެ ވިދާޅުވި އެވެ.

މަސްވެރިން މުޒާހަރާއަށް ނުކުތުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، ސަރުކާރުން މަސްވެރިންނަށް ވެފައި ހުރި ވައުދުތައް ފުއްދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން ވެސް މިނިސްޓަރު އެހެން ވިދާޅުވި އެވެ.

"ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމު މިއަދު ވިދާޅުވި އެވެ.