Advertisement

އޮންލައިންކޮށް ވެސް ޖުވާ ކުޅުން ހުއްޓުވޭނެ ބިލެއް ހުށަހަޅައިފި

about 10 hours 0


އޮންލައިންކޮށް ވެސް ޖުވާ ކުޅުން ހުއްޓުވޭނެ ބިލެއް ހުށަހަޅައިފި

about 10 hours 0

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިއަދު ކަމަށެވެ.

"ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން،" މުއިއްޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ޖުވާ ކުޅުމަކީ ގާނޫނުލް އުގޫބާތުން މިހާރު ވެސް މަނާ ކަމެކެވެ. އެކަމަކު، އޮންލައިންކޮށް ޖުވާ ކުޅުމާއި ޖުވާ ކުޅޭނެ ޕްލެޓްފޯމެއް އޮންލައިންކޮށް ހިންގައިފި ނަމަ އަދަބު ދިނުމަށް މިހާރު ހުރަސްތަކެއް އެބަހުއްޓެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ބިލުން އެ މައްސަލަތައް ހައްލުވާނެ ކަމަށް ބެލެވެ އެވެ. ޖުވާ ކުޅުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރާނެކަން މީގެ ކުރިން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވެފައިވެ އެވެ.

އޮންލައިންކޮށް ޕޯކާ ފަދަ ޖުވާގެ ގޭމުތައް ކުޅުމަކީ މިފަހުން އާންމުވެފައިވާ ކަމެކެވެ. ޖުވާ ކުޅެން ރާއްޖޭގެ ބޭންކު ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހެދި ނަމަވެސް ޕްލެޓްފޯމުތައް ގިނަވާތީ އެކަން ރަނގަޅަށް މޮނީޓާއެއް ނުކުރެވެ އެވެ.