Advertisement

ސައުތު އޭޝިއަން ގޭމްސް 2027 އަށް ފަސްކޮށްފި: ރިޕޯޓް

9 ޑިސެންބަރު 2025 - 09:15 0


ސައުތު އޭޝިއަން ގޭމްސް 2027 އަށް ފަސްކޮށްފި: ރިޕޯޓް

9 ޑިސެންބަރު 2025 - 09:15 0

އަންނަ މަހު ޕާކިސްތާންގައި ބާއްވަން ކުރިން ޝެޑިއުލްކުރި، ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ މުބާރާތް، 2027 ވަނަ އަހަރަށް ފަސްކޮށްފަައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ޕާކިސްތާން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، 2027 ވަނަ އަހަރުގެ 23 އިން ފެބްރުއަރީ 6 އަށް މުބާރާތް ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރުމަށެވެ.

އެންމެ ފަހުން، ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އެ އަށް ފަހު، އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ފަސް ފަހަރެއްގެ މަތިން މި ވަނީ ފަސްކޮށްފަ އެވެ.

ކުރިން ތާވަލުކުރި ގޮތަށް އަންނަ އަހަރު ސައުތު އޭޝިއަން ގޭމްސް ބޭއްވޭތޯ ޕާކިސްތާނުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެ ގޮތުން، ގޭމްސްގެ ކަންކަން ހަމަޖައްސަން، ޕާކިސްތާން ސަރުކާރުން މިދިޔަ މަހު ކޮމިޓީއެއް އެކުލަވާލި އެވެ. އެއީ، ޕާކިސްތާންގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، ރާނާ މަޝްއޫދު އަހުމަދު ހާން ހިމެނޭ ގޮތަށް ހެދި ކޮމިޓީ އެކެވެ. ރިޕޯޓްތައް ބުނާގޮތުން، ގޭމްސް ފަސްކުރަން ފުރަތަމަ ބައްދަލުވުމުގައި ވެސް ސަރުކާރުން ހުށަހެޅިއެވެ.

ސައުތު އޭޝިއަން ގޭމްސްގައި، ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ މި އަހަރު ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.