Advertisement

ހުލާސާކޮށް އިއްޔެ: އޭސީސީގެ ތަހުގީގު ނުނިމުނު

44 minutes 0

އަޒްމިރާލްދާ އާއި މަހާޒު


ހުލާސާކޮށް އިއްޔެ: އޭސީސީގެ ތަހުގީގު ނުނިމުނު

44 minutes 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރިތާ 207 ދުވަސްވީއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ އެ ދެ ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް އިއްޔެ ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ އެ ދެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.

"މައްސަލަ [އަޒްމިރާލްދާ އާއި މަހާޒްގެ] ނުނިމޭ. ތަހުގީގު ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި މަގާމުން ވަކިކުރީ މެއި 14، ގަ އެވެ.

އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ އޭރު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭސީސީން ބަލަމުންދާ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައާ ގުޅޭގޮތުން ބަހެއް ހޯދުމަށް އަދަދު އިން އެ ކޮމިޝަނުގައި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އޭސީސީން ވަނީ މި މައްސަލައިގައި އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

މުހިއްމު ބައެއް ހަބަރު