about 7 hours 0
އަމަން ހަލީމް
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސްް. 2020 ވަނަ އަހަރުން ފެށިގެން މި އެވޯޑު ހޯދާފައިވަނީ ރާއްޖެއިން --- ފޮޓޯ: ވަލްޑޯފް
about 7 hours 0
ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރުފުވެރި އެވޯޑު ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ލިބޭ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖޭން ހަ ވަނަ ފަހަަރަށް ކާމިޔާބުކޮށްފި އެވެ.
ރާއްޖޭން މި ހޯދި ކާމިޔާބީއާއެކީ، 19 އަހަރު ވެފައިވާ މި އެވޯޑުގައި އެންމެ ކާމިޔާބު މަންޒިލެއްގެ ގޮތުގައި އޮތް ޔޫއޭއީގެ ދުބާއީއާ ރާއްޖެ ވަނީ އަރާ ހަމަކޮށްފަ އެވެ. އެންމެ ގިނަ އަހަރު މި އެވޯޑު ކާމިޔާބު ކުރުމުގެ އިތުރުން، އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ވިދިވިދިގެން ކާމިޔާބު ކުރުމުގެ ރެކޯޑު ވެސް ވެސް ލިބެނީ ރާއްޖެއަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ދެން ލިބުނު އެވޯޑަކީ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑެވެ. މިއީ މި އެވޯޑު ވިދިވިދިގެން ކާމިޔާބު ކުރި ދެވަނަ އަހަރެވެ.
ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވެސް (ޓީއެމްއޭ) އާއި ހުޅުލޭ އައިލެންޑް ހޮޓަލާއި ތިން ރިސޯޓަކުން ވަނީ މުޅި ދުނިޔޭން އެއް ވަނަ ހޯދާފަ އެވެ. އެ އެވޯޑުތަކަކީ:
ދުނިޔޭގެ އެއް ވަނަ ހޯދުމުގެ އިތުރުން، ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖެއަށާއި ރާއްޖޭގެ ރިސޯޓުތަކަށް ވެސް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ.
މި އަހަރަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ކާމިޔާބު އަހަރެކެވެ.
އެ ގޮތުން މި އަހަރު ރެކޯޑު ދުވެލީގައި ދެ މިލިއަން ޓޫރިސްޓުން ހަމަކުރިއިރު، އަހަރު ނިމޭއިރު 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެ ވެ އެވެ. އަދި، މި އަހަރުގެ ތެރޭގައި ހަ ރިސޯޓެއް ހުޅުވައި ގިނަ ގެސްޓުހައުސްތަކެއް އޮޕަރޭޝަން ފަށާފައި ވެ އެވެ.
Comment