Advertisement

އެފްއޭއެމް ވިމެންސް ލީގު: ވިކްޓަރީން ޓީސީ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

1 ޑިސެންބަރު 2025 - 22:15 0


އެފްއޭއެމް ވިމެންސް ލީގު: ވިކްޓަރީން ޓީސީ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

1 ޑިސެންބަރު 2025 - 22:15 0

ޓީސީ ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ފެށުން ވަރުގަދަކޮށްފި އެވެ.

ޖުމްލަ ހަ ޓީމާ އެކު، ހެންވޭރު ދަނޑުގައި ފެށި މި މުބާރާތަކީ، 2014 ވަަނަ އަހަރުގެ ފަހުން، މިދިޔަ 11 އަހަރު ތެރޭ އެފްއޭއެމް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވާ ފުރަތަަމަ މުބާރާތެވެ. ގަލޮޅު ދަނޑުގައި މި މުބާރާތް ފުރަތަމަ ކުޅެން ނިންމި ނަމަވެސް އެކި ސަބަބުތަކާ ހުރެ، މުބާރާތުގެ މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކުރީ އެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފްވެެރިކޮށްދެއްވި މިއަދުގެ މެޗުން ވިކްޓަރީ މޮޅުކޮށްދިނުމުގައި އެންމެ އިސް ރޯލެއް ކުޅުނީ އެ ޓީމަށް ކުޅޭ އުޒްބެކިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ ލޭލާ ރުސްޓުލައޭވާ އާއި ސަފީނާ ރުޝާނިޔާ އެވެ.

ވިކްޓަރީ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް


މީގެ ތެރެއިން، ލޭލާ ހަތަރު ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ސަފީނާ އާއި ވިކްޓަރީ އަށް ކުޅޭ ގަައުމީ ޓީމުގެ ކުޅުންތެރިޔާ، ފާތިމަތު ސައިނާ އެވެ.

ވިމެންސް ފުޓްބޯލް ލީގުގައި ވާދަކުރާ ހަ ޓީމަކީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. ނިއު އަކީ އެފްއޭއެމް އިން އެންމެ ފަހުން، 2014 ވަނަ އަހަރު ބޭއްވި ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނެވެ.