Advertisement

ހޮންކޮންގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކެއްގައި އަލިފާން ރޯވެ 128 މީހުން މަރުވެއްޖެ

29 ނޮވެންބަރު 2025 - 22:07 0


ހޮންކޮންގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކެއްގައި އަލިފާން ރޯވެ 128 މީހުން މަރުވެއްޖެ

29 ނޮވެންބަރު 2025 - 22:07 0

ހޮންކޮންގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކެއްގައި އަލިފާން ރޯވެ ހިނގި ހިތާމަވެރި ހާދިސާގައި މިހާތަނަށް 128 މީހުން މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެފި އެވެ.

އެ އަދަދު 150 އަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. އެތައް ބަޔަކު ވީނުވީއެއް ނޭނގި 150 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. މިއީ ފާއިތުވި 80 އަހަރު ތެރޭ އެ ސިޓީގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް 11 މީހުން ހޮންކޮންގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ އިމާރާތްތައް މަރާމާތު ކުރުމުގައި ބޭނުންކޮށްފައި ވަނީ ސަލާމަތީ ގޮތުން ރައްކާތެރި ނޫން ތަކެތިކަން ވަނީ ދެނެގަނެވިފަ އެވެ.

މި އަލިފާންގަނޑު ރޯވީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އެއް ޓަވަރުގައި ރޯވި އަލިފާންގަނޑު އެހެން ޓަވަރުތަކަށް ވެސް ފެތުރި ހަތް ޓަވަރެއް ވަނީ އެއްކޮށް އަނދާފަ އެވެ.

އެއިން ކޮންމެ ޓަވަަރެއްގައި 32 ފަންގިފިލާ ހުރިއުރު 4000 އަށްވުރެ ގިނަ މީހުން ދިޔައީ ކޮންމެ ޓަވަރެއްގައި ދިރިއުޅެމުންނެވެ.