Advertisement

ޕީއެންސީއަށް ބަދަލުވި މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ

26 ނޮވެންބަރު 2025 - 11:14 2

މަހްލޫފް ޕީއެންސީއަށް ސޮއިކުރުމަށް ފަހު މުއިއްޒުއާ ފޯމް ހަވާލުކުރަނީ


ޕީއެންސީއަށް ބަދަލުވި މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ

26 ނޮވެންބަރު 2025 - 11:14 2

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ނިންމައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް މަހުލޫފް އައްޔަނުކުރުމަށް އެދި މުއިއްޒު ފޮނުވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.

މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ސަރުކާރު ނިމުމަށް ފަހު އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު މަހުލޫފް ޕީއެންސީއަށް ސޮއިކުރީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޮޑު ހަރަދުތަކެއް ކޮށްގެން ބޭއްވި ޖަލްސާގަ އެވެ. މިއީ މަހުލޫފް ގުޅުނު ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ.