Advertisement

ޕްރައިމަރީ ގްރޭޑުގެ ކުދިންނަށް 'ސިކްސް-ސެވެން' ޑާންސް އަށް ހިތްވަރު ދެވުނީތީ އިނގިރޭސި ބޮޑުވަޒީރު މައާފަށް އެދިއްޖެ

26 ނޮވެންބަރު 2025 - 10:09 0


ޕްރައިމަރީ ގްރޭޑުގެ ކުދިންނަށް 'ސިކްސް-ސެވެން' ޑާންސް އަށް ހިތްވަރު ދެވުނީތީ އިނގިރޭސި ބޮޑުވަޒީރު މައާފަށް އެދިއްޖެ

26 ނޮވެންބަރު 2025 - 10:09 0

އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ، ތައުލީމާބެހޭ ވަޒީރު ބްރިޖެޓް ފިލިޕްސަންއާއެކު ޕްރައިމަރީ ސުކޫލަކަށް ކުރެއްވި ޒިޔާރަތުގައި އެ ސުކޫލުގެ ކުދިންތަކަކާއެކު 'ސިކްސް-ސެވެން' ޑާންސް ކުރެއްވުނީތީ މައާފަށް އެދިވަޑައިގަންނަވައިފި އެވެ.

އެ ޒިޔާރަތުގައި، ސަރ ސްޓާމަރ ކުދިންނާއެކު ފޮތް ވިދާޅުވަނިކޮށް، އެ ކުދިން އެ ވަގުތު ކިޔަމުން ދިޔައީ 6 ވަނަ އަދި 7 ވަނަ ސަފުހާކަން ކުއްޖަކު ފާހަގަކުރި އެވެ. އެއާއެކު ބޮޑުވަޒީރު ވެސް 'ސިކްސް-ސެވެން' އޭ ވިދާޅުވެ އެ އިޝާރާތާއެކު އަތުން ޖަގްލިން ހަރަކާތް ދެއްކެވުމުން މުޅި ކްލާސް އެކުގައި އެކަމުގައި ބައިވެރިވި އެވެ.

އެ ކްލާސް ނިމުނު ފަހުން، ކްލާސް ޓީޗަރަކު ބޮޑުވަޒީރަށް ދެންނެވީ އެ ސުކޫލުގައި ޖަގްލިން ހަރަކާތް ދެއްކުމާއެކު 'ސިކްސް-ސެވެން' އޭ ބުނެގެން ކުދިންނަށް އަދަބު ލިބިފައި ހުރި ކަމަށެވެ. އެއީ ސުކޫލުގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށާއި، އެކަންތައްގަނޑުން އަދިވެސް އަރައި ނުގަނެވޭ ކަމަށް އެ ޓީޗަރު ބުންޏެވެ. 'ސިކްސް-ސެވެން' ޑާންސް ކުރުމަކީ އެ ސުކޫލުގައި މަނާކަމެއް ކަމަށް ވެސް ޓީޗަރު ބޮޑުވަޒީރަށް ދެންނެވި އެވެ.

މި މައުލޫމާތު ލިބިވަޑައިގަތުމުން އޭނާ ހެޑްޓީޗަރުގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން ސަމާސަ ރާގެއްގައި 'މިސް، އެކަންތައް ފެށީ އަޅުގަނޑެއް ނޫން' ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ޖެނެރޭޝަން އަލްފާއިންގެ މެދުގައި މަޝްހޫރުވި "6-7" މި ބަސް، އިންޓަރނެޓްގައި ވައިރަލް ސެންސޭޝަނަކަށް ވެފައިވާއިރު، ޑިކްޝަނަރީ.ކޮމްއިން ވަނީ އެއީ 2025 ވަނަ އަހަރުގެ 'ވަރޑް އޮފް ދި ޔިއަރ'ގެ ގޮތުގައި ވެސް ހޮވާފަ އެވެ.

މި ހިތްގައިމު ބަހާއި އެކަމާގުޅޭ ޑާންސް އިނގިރޭސިވިލާތުގެ އެކި ކްލާސްރޫމްތަކަށް ވަނީ ފެތުރިފަ އެވެ. ގިނަ ބެލެނިވެރިންނާއި ޓީޗަރުންނަށް މިކަމަކީ ހައިރާންކުރަނިވި އަދި ކަންބޮޑުވާ ކަމެކެވެ.

ޑިކްޝަނަރީ.ކޮމް ބުނާ ގޮތުގައި، މި ބަސް އުފެދިފައިވަނީ އެމެރިކާގެ ރެޕަރ ސްކްރިލާގެ "ޑޫޓް ޑޫޓް (67)" ކިޔާ ލަވައަކުންނެވެ. މި ލަވަ ޓިކްޓޮކްއާއި އެހެނިހެން ސޯޝަލް މީޑިއާ ވީޑިއޯތަކުގައި ވައިރަލްވީ ބާސްކެޓްބޯޅަ ކުޅުންތެރިންގެ އިސްކޮޅު ބަޔާންކުރުމަށެވެ.

މި އަހަރުގެ ކުރީކޮޅު، މޭވްރިކް ޓްރެވިލިއަން ކިޔާ ޒުވާނަކު ބާސްކެޓްބޯޅަ މެޗެއްގައި މި ބަސް ބުނަމުން އެކަމާގުޅޭ އަތުގެ އިޝާރާތް ކުރި ވީޑިއޯއެއް ވައިރަލްވުމާގުޅިގެން އޭނާ "ދަ 6-7 ކިޑް"ގެ ނަމުން މަޝްހޫރުވި އެވެ.

ޔޫޓިއުބްގައިވާ އެ ވީޑިއޯ 7.8 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައި ވެ އެވެ.

ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން ގެންދިޔަ ނަމަވެސް މި ބަހުގެ ހަގީގީ މާނަ އަދިވެސް ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި އެއީ "އާދައިގެ" ނުވަތަ "އެހާއެހާއެއް ނޫން" މިފަދަ މާނައެއްގައި ބޭނުންކުރާ ބަހެކެވެ.