Advertisement

މިރޭ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ޗެލްސީ ކުޅޭ ފޯރިގަދަ މެޗު މީޑިއާނެޓުން ބަލާލެވޭނެ

25 ނޮވެންބަރު 2025 - 18:35 0


މިރޭ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ޗެލްސީ ކުޅޭ ފޯރިގަދަ މެޗު މީޑިއާނެޓުން ބަލާލެވޭނެ

25 ނޮވެންބަރު 2025 - 18:35 0

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭއިރު ގިނަ ބައެއްގެ ކަޅި އަމާޒުވެފައިވަނީ އިނގިރޭސިވިލާތުގެ ޗެލްސީ އާއި ސްޕެއިންގެ ބާސެލޯނާ ކުޅޭ މެޗަށެވެ.

ރާއްޖެ ގަޑިން ދަންވަރު 01:00 ގައި ލަންޑަނުގެ ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މި މެޗު މީޑިއާނެޓުގެ ޗެނަލް 807، ސޮނީ ސްޕޯޓްސް ޓެން 2 އިން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި ދެ ޓީމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ރާއްޖޭގައި ތިބިއިރު ޗެމްޕިއަންސް ލީގުގައި މި ދެ ޓީމުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް މީގެކުރިން ހިނގާފައި އެބަހުއްޓެވެ.

އެ ގޮތުން، 2009 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ ފަހު މިނެޓުގައި އަންދުރޭސް އިނިއެސްޓާ ޖެހި ލަނޑުން ބާސާއަށް ފައިނަލްގެ ޖާގައެއް ކަށަވަރުވުމާއި، 2012 ވަނަ އަހަރުގެ މުބާރާތުގެ ސެމީގައި ކޭމްޕް ނޯގައި ރަމިރޭސް އާއި ފެނާންޑޯ ޓޮރޭޒްގެ ލަނޑުތަކުން މޮޅުވެ ފައިނަލްގެ ޖާގައެއް ޗެލްސީން ކަށަވަރުކުރި ފަދަ ތާރީހީ މެޗުތައް ހިމެނެ އެވެ.

2009 ގެ ޗެމްޕިއަންކަން ޗެލްސީ ބަލިކޮށް ފައިނަލަށް ދިޔަ ބާސެލޯނާ ހޯދިއިރު 2012 ގެ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދީ ބާސެލޯނާ ބަލިކޮށް ފައިނަލަށް ދިޔަ ޗެލްސީ އެވެ.