Advertisement

ހުލާސާކޮށް އިއްޔެ: ފައްޔާޒު އިސްތިއުފާ ދެއްވުން

24 ނޮވެންބަރު 2025 - 07:01 0

އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ފައްޔާޒު އިސްތިއުފާ ދެއްވުން

24 ނޮވެންބަރު 2025 - 07:01 0

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް ރޭ އިސްތިއުފާ ދެއްވި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައި ވާއިރު، އިސްތިއުފާގެ ސިޓީގެ ކޮޕީއެއް 'އަދަދު' ނޫހަށް ލިބިފައި ވެ އެވެ.

ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ. މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު