18 ނޮވެންބަރު 2025 - 22:16 1
އަހުމަދު އާއިދު
އޮކްޓޫބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓު އަމުރުގެ ދަށުން 15 ދުވަހު ބަންދުގައި ބޭތިއްބި ހަ މީހުން ----
18 ނޮވެންބަރު 2025 - 22:16 1
އިދިކޮޅު އެމްޑީޕީ އިން މާލޭގައި އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ކޮށްދިނުމަށް ފުލުހުން އެދުނީ ގާނޫނު އަދާކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފަ އެވެ.
މިގޮތަށް ނިންމީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އަމަލުތައް ހިންގީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ވާތީ އާއި އެ މީހުންގެ އަމަލަކުން މީހަކަށް އަނިޔާއެއް ނުވަތަ ތަނަކަށް ގެއްލުމެއް ވެފައި ނުވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އޮކްޓޯބަރު 3، ގެ ރޭ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދުކުރި އެވެ. މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ. ހަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
Comment