13 ނޮވެންބަރު 2025 - 13:32 0
ހުސައިން އަމްރު
13 ނޮވެންބަރު 2025 - 13:32 0
ސަތާރަ ވަނަ ގަރުނުގައި ޗައިނާގެ މިންގު ޑައިނާސްޓީގެ ރަސްކަމުގައި ފެނިގެން ދިޔަކަމެކެވެ. ގިނަ އަދަދެއްގެ ކެނަލްތަކާ ކިއްލާތައް ހެދުމުގެ މަސައްކަތްތައް ހަވާލުކުރެވުނީ ގާތް އެކުވެރިންނަށް، އެ މީހުންނަށް ފައިދާވާ ގޮތްގޮތަށެވެ. މަސައްކަތްތައް ދިޔައީ ނުނިމި ފުނިޖެހެމުންނެވެ. ހަރަދުތައް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. ރައްޔިތުންގެ ހާލަތު ދިޔައީ ބިކަވަމުންނެވެ. މިންގް ޑައިނާސްޓީގެ ނިމުން އައުމަށް މާގިނަ ދުވަހެއް އޭގެ ފަހުން ނުނަގައެވެ. އޭގެ ކުރިން މިންގް ޑައިނާސްޓީގައި އޮތީ ދުނިޔެއަށް ލާމަސީލު ސިވިލް ސަރވިސްގެ އޮނިގަނޑެއް ގާއިމުކުރެވިފައެވެ. ފަހުން ވަޒީފާތަކަށް ހޮވި މަސްއޫލިއްޔަތުތައް ހަވާލުކުރެވުނީ ގާތް ގުޅުން ހުރި ފަރާތްތަކާ ފައިސާދޭ ފަރާތްތަކަށެވެ. ކޮރަޕްޝަންގެ ސަބަބުން ވަރުގަދަ ރަސްކަމެއް ހަލާކުވެގެން ދިޔައެވެ.
އޭގެ ދެހާހެއްހާ އަހަރު ފަހަށް ބަލާލަން ހިނގާށެވެ. އިންޑޮނޭޝިޔާގެ ރައީސް ސުހާޓޯ އަކީ 1967 އިން 1998 އަށް ވެރިކަން ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގެ ކުރީކޮޅުގައި މަގުބޫލު ލީޑަރެކެވެ. ނަމަވެސް އަހަރުތައް ފާއިތުވިހެން ފެނިގެންދިޔައީ މުޅި ސަރުކާރު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެގެންދިޔަ ތަނެވެ. އެ ވެރިކަން ވެސް ނިމިގެން ދިޔައީ ރައްޔިތުންގެ ނުރުހުން ކޮޅުންލައިގެން ދިޔުމުންނެވެ.
2025 ގެ ރާއްޖެ އެވެ. ސަރުކާރަށް އަދި ދެ އަހަރެވެ. ރައްޔިތުންގެ ކަންބޮޑުވުން މިހާރުވެސް އިންތިހާއަށް ދާން ނުހަނު ގިނަ ސަބަބު ހާމައަށް ފެންނަން އެބަހުއްޓެވެ. އެންމެ ބޮޑު ކަމަކަށް މިވަގުތު އެންމެންވެސް ފާހަގަކުރަނީ އެއް ކަމެކެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން 2.7 ބިލިއަން ރުފިޔާ ބަހާލުމެވެ. މިއީ ކިހިނެއް ކުރެވުނު ކަމެއްތޯ، މީގެ ނަތީޖާއަކީ ކޮބައިތޯ، މިކަމާ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްވެސް ކަންބޮޑުވަނީ އަދި ކަންބޮދުވާންވީ ކީއްވެތޯ؟
މާނައަކީ، ސަރުކާރު ބަޖެޓުން ބޭރުން، ބީއެމްއެލްގެ ތެރެއިން ސަރުކާރުން ފައިސާ ޚަރަދުކުރުން. އަސްލު ކޮންޓްރެކްޓަރ ފައިނޭންސްއަކީ ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގަ ޕްރޮޖެކްޓް އެއްކޮށް ނިންމުމުން ޕްރޮޖެކްޓް އެވޯޑްކުރި ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން.
އިއުލާނެއް ނުކޮށް ބިޑަކާ ނުލާ ޕްރޮޖެކްޓްތައް ވަނީ ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލެވިފަ. މިކަމުގެ ސަބަބުން:
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment