Advertisement

މިއީ ކޮރަޕްޝަން ހިންގުމަށް މުއިއްޒު އެކުލަވާލި 'ކަޓު' ބަޖެޓެއް: މީކާއިލް

12 ނޮވެންބަރު 2025 - 12:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: ބަޖެޓު ބަހުސްގައި އޭނާ ވިދާޅުވީ މިއީ ކޮރަޕްޝަން ހިންގުމަށް މުއިއްޒު އެކުލަވާލި 'ކަޓު' ބަޖެޓެއް ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިއީ ކޮރަޕްޝަން ހިންގުމަށް މުއިއްޒު އެކުލަވާލި 'ކަޓު' ބަޖެޓެއް: މީކާއިލް

12 ނޮވެންބަރު 2025 - 12:31 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަން ހިންގުމަށް އެކުލަވާލާފައިވާ، 'ކަޓު' ބަޖެޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި މީކާއިލް މިފަދައިން ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ވިދާޅުވެ މުއިއްޒު އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

"މި ބަޖެޓަކީ ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާ. ދިވެހި ރާއްޖޭގެ ވަލީއުލްއަމްރު، ކޮރަޕްޝަން ހިންގަވަން އުފައްދަވާފަ އޮތް ވަރަށް ކަޓު ބަޖެޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވޭ،" މީކާއިލް ވިދާޅުވި އެވެ.

އެގޮތުން، ބަޖެޓު އެކުލަވާލާފައިވަނީ ސީދާ މުއިއްޒު އަށް މަޝްރޫއުތަކުން ކަޓު ލިބޭނެހެން ވެރިކަން ކުރާ ޕީއެންސީގެ އިސްވެރިންނަށް މަޝްރޫއުތަކާއި ވަޒީފާތައް ބަހާލެވޭނެ ގޮތަކަށް ކަމަށް މީކާއިލް މިއަދު ތުހުމަތުކުރެއްވި އެވެ.

"އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުންނަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް. އެހެން ގާތް ތިމާގެ ބޭފުޅުންނަށް، ވަޒީފާ އާއި ކުންފުނިތަކުން އެ ހުށަހަޅުއްވާ ބިޑުތައް ބައްސަވާލެއްވުމުގައި، ސިންގަލް ސޯސްކޮށް ބައްސަވާލެއްވުމުގަ މި ބަޖެޓަކީ ލާމަސީލު މިސާލެއް،" މީކާއީލް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވެރިންނަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެ ތުހުމަތަކަށް ބެއްލެވުމެއްނެތި މެދު އަދި ދަށް ފަންތީގެ މުވައްޒަފުންގެ ބޮލުގައި މުއިއްޒު ކޮރަޕްޝަނުގެ ތުހުމަތު އިއްޔެ ބޭއްވި މި އަހަރުގެ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"ގިނަފަހަރު މި ކޮރަޕްޝަންގެ އަމަލު ހިންގެނީ ނޫނީ ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން،" މުއިއްޒު ވިދާޅުވި އެވެ.

ކޮރަޕްޝަން ހިންގުމުގައި އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ބައިވެރިވާ ކަމަށް މުއިއްޒު އިޝާރާތް ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ހިދުމަތްތައް ހޯދުމަށް ރައްޔިތުންނާ ބައްދަލުކުރާ މީހާއަކީ އަބަދުވެސް ފައިދާ ނެގުމުގެ ފުރުސަތު ބޮޑު މީހެއްކަމުން ކޮރަޕްޝަން ހިންގާ މިންވަރު ވެސް އިތުރު ކަމަށެވެ.

"އެހެން ނަމަވެސް ހިދުމަތެއް ދިނުމުގައި ރައްޔިތުން ގޮސް ބައްދަލުކުރާ މީހާ އޭނަ އަތުން އެ ހިދުމަތް ދިނުމުގައި ފުރުސަތެއް އޭގެ ތެރެއިން އަމިއްލަ ފައިދާއެއް ނެގުމުގެ ފުރުސަތު އޮންނަ މީހާ އެކަން ކުރާވަރު ހަމަ އަބަދުވެސް ގިނަ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިން ކޮރަޕްޝަނުގެ ގިނަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެކަމާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި މުއިއްޒުގެ ގިނަ މައްސަލަތަކެއް ވެސް އޭސީސީގައި އެބަ ހުއްޓެވެ.

ބިދޭސީންގެ ވޯކް ޕާމިޓާއި ވިސާތައް އައު ކުރުމުގައި މީގެކުރިން ވަރަށް ބޮޑަށް ކޮރަޕްޝަން އޮތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަންކަމައެކު އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއެކު ކުރިން ހިނގި ކަންކަން ދެން ނުހިނގާނެ ކަމަށެވެ.