Advertisement

ދީމާ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ގަދަ 16 އަށް

11 ނޮވެންބަރު 2025 - 18:51 0

ދީމާ، މިއަދު ކުޅުނު މެޗުގެ ތެެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ދީމާ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ގަދަ 16 އަށް

11 ނޮވެންބަރު 2025 - 18:51 0

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އޯޕަން ބައިގެ އަންހެން ސިންގަލްސްގެ ގަދަ 16 ކުޅުންތެރިން ވާދަކުރާ ބުރުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

އެ ގޮތުން، އަންހެން ސިންގަލްސްގެ ފުރަތަމަ ބުރު (ގަދަ 32) ބައްދަލުކުރި ބުރުގައި ދީމާ ކުޅުނީ އަޒަރުބައިޖާންގެ ޒެމްފީރާ މިކައިލޯވާއާ ދެކޮޅަށެވެ. އޭ މި މެޗުން ދީމާ މޮޅުވީ 4-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 07-11، 13-11، 11-09، 04-11، 08-11، 02-11 އިންނެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި ދީމާ ކުޅޭނީ ތުރުކީގެ އެޝޭ ހަރާޝްއާ ދެކޮޅަށެވެ. އެ މެޗު އޮތީ މިރޭ ރާއްޖެ ގަނޑިން 21:50 ގަ އެވެ.

އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުނީ ގުޔާނާގެ ޗެލްސީ އަރޭތާ ރެނީއާ ދެކޮޅަށެވެ. އެ މެޗުން އަރޭތާ މޮޅުވީ، 4-3 ސެޓުންނެވެ. ރަފާ ރަނގަޅު ފައިޓެއް ދީ ފަހަތުން އަރައި ލީޑެއް ވެސް ނެގި މި މެޗުގެ ސެޓުތައް ދިޔައީ، 11-13، 11-06، 11-06، 03-11، 12-10، 09-11، 09-11 އިންނެވެ.

ފިރިހެން ސިންގަލްސްގެ ގަދަ 64 ކުޅުންތެރިންގެ ބުރުގައި ކުޅެ، ރާއްޖޭގެ މޫސާ މުންސިފް މުހައްމަދު ވަނީ އަލްބޭނިއާގެ ކެޖްޑީ ކަލާޖާ އަތުން 4-3 ސެޓުތައް ގޮސްގެން ބަލިވެފަ އެވެ. ފުރަތަމަ ފަސް ސެޓާ ހަމައަށް ފަހަރަކު ކުޅުންތެރިއަކު ސެޓެއް ގެންދަމުންދިޔައިރު، އޭގެ ފަހުން ދެ ސެޓު ގެންގޮސް ކެޖްޑީ ވަނީ މޮޅުވެފަ އެެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 11-05، 08-11، 11-05، 09-11، 11-06، 08-11، 09-11 އިންނެވެ.

ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ 4-2 ސެޓުން ތަޖިކިސްތާނުގެ ޖަމްްޝެދު ހަސަނޯވް އަތުން 4-2 އިން ބަަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 10-12، 11-03، 07-11، 05-11، 11-09، 08-11 އިންނެވެ.

މި ފަަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ ޓީމު އިވެންޓް ބައިގައި އަންހެން ޓީމު ވަނީ ކުއާޓާ ފައިނަލުގައި އަޒަރުބައިޖާން އަތުން ބަލިވެފަ އެވެ.