Advertisement

ވުލްވްސް ބަލިކޮށް ޗެލްސީ ރަނގަޅު މިސްރާބަށް

9 ނޮވެންބަރު 2025 - 09:11 0


ވުލްވްސް ބަލިކޮށް ޗެލްސީ ރަނގަޅު މިސްރާބަށް

9 ނޮވެންބަރު 2025 - 09:11 0

ލަންޑަން (ނޮވެމްބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 3-0 އިން މޮޅުވުމަކީ، ޗެލްސީ ރަނގަޅު މިސްރާބަށް ދާ ކަމުގެ ހެއްކެއް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ވުލްވްސް އަތުން ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ.

ޗެލްސީން ލީޑުނެގީ 51 ވަނަ މިނިޓްގައި މަލޯ ގުސްޓޯ ޖެހި ގޯލުންނެވެ. މިއީ، ސީނިއާ ކެރިއަރުގައި ކުޅުނު 165 މެޗުން ގުސްޓޯ ޖެހި ފުރަތަމަ ގޯލެވެެ. އަނެއް ދެ ލަނޑު ޖެހީ ޖާއޯ ޕެޑްރޯ އާއި ޕެޑްރޯ ނެޓޯ އެވެ. މި ލަނޑުތަކަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލެހަންދްރޯ ގާނާޗޯ ދެ ފުރުސަތުގެ އިތުރުން އެސްޓެވާއޯ އެވެ.

ރޭގެ މެޗަށް ފަހު، މަރެސްކާ ބުނީ، މި މެޗުގައި ފެނިގެންދިޔައީ، ލަނޑު ނުޖެހިދާ ވަގުތާއި ލަނޑު ޖެހޭ ވަގުތުތަކުގައި ވެސް ޗެލްސީން ހުއްޓުމެއް ނެތި ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

"ފުރަތަމަ ހާފައި ދެ ވަނަ ހާފުގައި އެންމެ ފަރަގެއް މި އޮތީ. އެ ފެނިގެންދިޔަ ގޯލުތައް. ފުރަތަމަ ހާފުގައި ވެސް މޮޅަށް ކުޅުނު، ގޯލެއް ނާދޭ. ދެ ވަނަ ހާފުގައި ވެސް މަސައްކަތް ކުރީ، ތިން ގޯލު ޖެހިއްޖެ. މި ހުރިހާ ކަަމަކަށް ބަލާއިރު ފެންނަން އޮތީ އަހަރެމެން ޓީމެއްގެ ގޮތުގައި ދާ މިސްރާބު ރަނގަޅުކަން،" މަރެސްކާ ބުންޏެވެ.

މި މޮޅާ އެކު، ޗެލްސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ޗެލްސީ އަށް 11 މެޗުން ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު، އާސެނަލް އެވެ.