Advertisement

ފަޒުލްގެ ކުންފުނިން ވިއްކާ ސައިޒުގެ ތިން ލޯންޗު، ލޯކަލް ގަވަމަންޓު މިނިސްޓްރީއަށް ހޯދަން އިއުލާނުކޮށްފި

5 ނޮވެންބަރު 2025 - 14:30 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް އަދި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު: ފަޒުލް މަގާމުން އިސްތިއުފާ ދިނީ ވަގަށް ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވެގެން ސަސްޕެންޝަނުގައި ހުއްޓާ ---


ފަޒުލްގެ ކުންފުނިން ވިއްކާ ސައިޒުގެ ތިން ލޯންޗު، ލޯކަލް ގަވަމަންޓު މިނިސްޓްރީއަށް ހޯދަން އިއުލާނުކޮށްފި

5 ނޮވެންބަރު 2025 - 14:30 2

ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވެގެން، ސަސްޕެންޑުކުރުމުން އިސްތިއުފާދިން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދުގެ އަމިއްލަ ކުންފުނިން ވިއްކާ ސައިޒުގެ ތިން ލޯންޗު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު 29، ގައި ތިން ލޯންޗު ހޯދަން އިއުލާންކޮށްފައިވަނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބޭނުމަށެވެ. މި ލޯންޗުތައް ސަރުކާރަށް ވިއްކުމަށް ނޮވެމްބަރު 12، ގެ މެންދުރު ފަހު 1:00 ގެ ކުރިން ބިޑު ހުށަހަޅަން ޖެހެ އެވެ.

ބިޑު ޑޮކިއުމެންޓުގައިވާ ގޮތުން ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ބޭނުމަށް ހޯދަނީ 12.75 މީޓަރު ދިގުމިނުގެ ތިން ލޯންޗެވެ. މީގެ އިތުރުން ވެސް ލޯންޗުތަކުގައި ހުންނަން ޖެހޭ ވަރަށް ތަފުސީލީ ސްޕެސިފިކޭޝަންތަކެއް ބިޑު ކަރުދާހުގައި ހިމަނާފައިވެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްޕެސިފިކޭޝަންތަކަށް ފެތޭ ލޯންޗުތައް މިވަގުތު ރާއްޖޭގައި ވިއްކަމުން ދަނީ ފަޒުލްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކްްރިސްޓަލައިން އެމްވީ އިންނެވެ. އެ ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަދި ޑިރެކްޓަރަކީ ވެސް ފަޒުލް އެވެ.

ފަޒުލްގެ މައްޗަށް ކުރެެވެނީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ.

ނަމަވެސް ފަހުން ފުލުހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ.

އޭގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ. އެއީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުގަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 21، ގަ އެވެ. އޭގެފަހުން ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށްފަހު އޭނާ އެންމެ ފުރަތަމަ ފެނުނީ މެއި 16، ގައި ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއިންނެވެ.