Advertisement

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު ކުޅުދުއްފުއްޓަށް

2 ނޮވެންބަރު 2025 - 13:43 0

ނެއްލައިދޫ އާއި ކުޅުދުއްފުށިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ނަވާޒް އައްސަދު / އެފްއޭއެމް


އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު ކުޅުދުއްފުއްޓަށް

2 ނޮވެންބަރު 2025 - 13:43 0

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވެފައި އޮތްގޮތަށް އެކުލަވާލައިފައިވާ، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން، ހދ. ކުޅުދުއްފުށިން 4-2 އިން ހދ. ނެއްލައިދޫ އަތުން މޮޅުވެއްޖެ އެވެ.

ހަތަރު ރަށަކުން ހދ. އަތޮޅުގެ މުބާރާތުގައި ވާދަކުރާއިރު، މެޗުތައް ކުޅެނީ ކުޅުދުއްފުށީގަ އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއްނަގައިފަ އެވެ. މެޗުގެ ފަހުކޮޅުގައި ނެއްލައިދޫން ލަނޑުތަކެއް ޖެހި ނަމަވެސް ކުޅުދުއްފުށިންވަނީ މި މެޗުން ކުރިހޯދައިފަ އެވެ.

މި މެޗުގައި، ކުޅުދުއްފުށީގެ ލަނޑުތައް ޖެހީ، މުހައްމަދު ޝިފާން ދެ ގޯލުގެ އިތުރުން، މުހައްމަދު އަނޫސް އާދަމް އާއި މުހައްމަދު މުންސިފް އެވެ. ނެއްލައިދޫގެ ލަނޑުތައް ޖެހީ، އިސްމާއިލް ވަހީދުގެ އިތުރުން ޕެނަލްޓީ އަކުން މުހައްމަދު ނިޝާހު އެވެ.

މި މަހު 11 ވަނަ ދުވަހު، ހދ. އަތޮޅުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވާއިރު، ލީގު ބުރުގެ މެޗުތައް ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. އަދި، ފައިނަލަށް ދާ ދެ ޓީމަށް ރީޖަނަލް ކޮލިފައިން އިން ޖާގަ ލިބޭނެ އެވެ.

ހދ. އަތޮޅުގެ މުބާރާތުގައި މިއަދު ކުޅޭނީ ލީގު ބުރުގައި، ހަނިމާދޫ އާއި ނޮޅިވަރަމް ބައްދަލުކުރާ މެޗެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން، އަތޮޅު ބުރު ނިމުމަށް ފަހު، 18 ދަނޑެއްގައި، ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ. އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ފީފާ އިން ވަނީ ނިންމައިފަ އެވެ. މިއީ، ދާދި ފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަމަޖައްސައިދެއްވި ފަންޑެކެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.