Advertisement

ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް ދައުވާކުރަނީ

2 ނޮވެންބަރު 2025 - 10:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ އަތުލައިގަނެފައި ހުރި މަސްތުވާތަކެތިތަކެއް: ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް ދައުވާކުރަން ފޮނުވައިފި ---- ފޮޓޯ: އަދަދު


ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް ދައުވާކުރަނީ

2 ނޮވެންބަރު 2025 - 10:15 0

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވެއްދި ފުލުހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެމްބަރު 4، ގައި ނައުފް ކަސްޓޯޑިއަލް އަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.

އެ ރޭ އޭނާ ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ނިންމާ އޮކްޓޯބަރު 13، ގައި ނައުފް ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހައްޔަރުކުރުމާއި ގުޅިގެން ނައުފް ވަނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.