Advertisement

ހުލާސާކޮށް އިއްޔެ: އަސްކަރިއްޔާ އަށް 2.8 ބިލިއަން ރުފިޔާ

2 ނޮވެންބަރު 2025 - 06:15 1


ހުލާސާކޮށް އިއްޔެ: އަސްކަރިއްޔާ އަށް 2.8 ބިލިއަން ރުފިޔާ

2 ނޮވެންބަރު 2025 - 06:15 1

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުގެ ހަތަރު ޕަސެންޓު އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

އެމްއެންޑީއެފްގެ ބަޖެޓަށް ބަލާއިރު މި އަހަރަށްވުރެ މަދުން ހިމަނާފައިވަނީ އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް ދާނެ ކަމަށް ލަފާކުރާ ހަރަދާއި ފަންކްޝަނަލް ކޮމާންޑްސްގެ ހަރަދެވެ. ދެން ހުރި ހުރިހާ ކަމަކަށް ވެސް މި އަހަރަށްވުރެ އަންނަ އަހަރަށް ލަފާކުރާ ހަރަދު ބޮޑެވެ.

އަސްކަރީ ބަޖެޓު

  • 2021: 1.51 ބިލިއަން
  • 2022: 1.64 ބިލިއަން
  • 2023: 1.76 ބިލިއަން
  • 2024: 2.73 ބިލިއަން
  • 2025: 2.42 ބިލިއަން
  • 2026: 2.87 ބިލިއަން

މުހިއްމު ބައެއް ހަބަރު