Advertisement

އޯޓިސްޓިކް ދަރިފުޅަށް ވަގުުތު ދޭން ސްކޯލްސް ބައެއް މިޑިއާ މަސައްކަތްތައް ދޫކޮށްލަން ނިންމައިފި

31 އޮކްޓޯބަރު 2025 - 04:36 0


އޯޓިސްޓިކް ދަރިފުޅަށް ވަގުުތު ދޭން ސްކޯލްސް ބައެއް މިޑިއާ މަސައްކަތްތައް ދޫކޮށްލަން ނިންމައިފި

31 އޮކްޓޯބަރު 2025 - 04:36 0

ލަންޑަން (އޮކްޓޫބަރު 31) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި، ޕައުލް ސްކޯލްސް، 20 އަހަރުގެ އޯޓިސްޓިކް ދަރިފުޅު، އެއިޑެން އަށް ވަގުތު ދިނުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މީޑިއާގެ ބައެއް މަސައްކަތްތައް ދޫކޮށްލަން ނިންމައިފި އެވެ.

ޕްރޮފެޝަނަލް ކެރިއަރު، 2013 ވަނަ އަހަރު ނިންމާލުމަށް ފަހު، ސްކޯލްސް އަންނަނީ މީޑިއާގެ އެކި މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ. އެ ގޮތުން، ސްޓޫޑިއޯ އެނަލިސްޓުގެ މަގާމާއި ޕަންޑިޓަރީގެ ރޯލުގެ އިތުރުން ސްކޯލްސް ވަނީ މެޗު ކޮމެންޓަރީގައި ވެސް މަސައްކަތްކޮށްފަ އެވެ.

ސްކޯލްސްގެ ދަރިފުޅު، އޯޓިޒަމް ހުންނަކަން އެނގިގެންދިޔައީ އޭނާގެ ކުޅުމުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ އެކަން ކްލަބަށް ނާންގައި، އަމިއްލަ އަށް ހައްލު ހޯދައިގެން ކުރިއަށްގެންދަން އުޅުނު ނަމަވެސް ފަހުން، ކްލަބްގެ ތެރެއިން އެކި ކަހަލަ ކަންކަން ދިމާވެ، އެންމެ ފަހުން، ޔުނައިޓެޑްގެ ކޯޗު އަލެކްސް ފާގަސަންއާ ވާހަކަ ދައްކައި، ވަގުތު މެނޭޖުކުރުމުގައި ހައްލުތަކެއް ހޯދި އެވެ.

މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ކުޅޭ މެޗުތަކުގައި، ސްކޯލްސް ވަނީ ކޮމެންޓަރީގައި މަސައްކަތްކޮށްފަ އެވެ. އެ ދުވަސްތަކަކީ، އޭނާގެ ދަރިފުޅު، އެއިޑެން އަށް ދޭ ވަގުތުތައް ކަމަށްވާއިރު، އޭގެ ސަބަބުން، ވަގުތު މެނޭޖްކުރުމުގައި ދަތިތަކެއް ދިމާވެ، ސްކޯލްސް މިހާރު ނިންމާފައިވަނީ، ކޮމެންޓަރީ ހިމެނޭ ގޮތަށް މީޑިއާގެ ބައެއް މަސައްކަތްތައް ދޫކޮށްލުމަށެެވެ.

"ދެން އަހަރެންގެ ހަޔާުތުގައި ކަމަކަށް ޔަގީންކަން ދީގެން މަސައްކަތެއް ކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ އަހަރެންގެ ދަރިފުޅަށް ދޭން ޖެހޭ ވަގުތު ފުރިހަމަކޮށްފައި، ދެން އެ ކަމަކަށް ވަގުތު ހުސްކުރެވޭ ގޮތަށް،" އަންހެނުންނާއި ވަކިން ދިރިއުޅެމުން، ބަަހައިގެން ދަރިންގެ ކަންކަން ހަމަޖައްސަމުން އަންނަ ސްކޯލްސް، ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައިވެ އެވެ.

ސްކޯލްސް ބުނީ، ފުޓްބޯޅައިގެ މީޑިއާ މަސައްކަތަކީ އޭނާ ވަރަށް ޝައުގުވެރިކަމާ އެކު ކުރަމުން އަންނަ ކަމެއް ކަމަށާއި އެހެންކަމުން، އެކަންކަމުން އެއްކޮށް ދުރުވެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.