Advertisement

ހުލާސާކޮށް އިއްޔެ: މާސްކް އެޅި ބަޔަކު އެއާޕޯޓަށް ވަދެ ފޭރިގަތީ ބީއެމްއެލްގެ ޑޮލަރު ބްރީފްކޭސް

28 އޮކްޓޯބަރު 2025 - 06:16 1


ހުލާސާކޮށް އިއްޔެ: މާސްކް އެޅި ބަޔަކު އެއާޕޯޓަށް ވަދެ ފޭރިގަތީ ބީއެމްއެލްގެ ޑޮލަރު ބްރީފްކޭސް

28 އޮކްޓޯބަރު 2025 - 06:16 1

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން 100،000 އަށް ވުރެ ގިނަ ޑޮލަރު ފޭރިގަނެގެން ފިލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބޭންކުގެ ދެ ސްޓާފުން އަތުން ކަމަށެވެ. ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭސް އެއްގަ އެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް ފުރާ ދިވެހިންނަށް ދޫކުރަން ވެގެން ބީއެމްއެލްގެ އެއާޕޯޓު ކައުންޓަރަށް ގެންދަން ވެގެން އުފުލި އެ ބްރީފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރު (ކަޅުބާޒާރުގެ ރޭޓުން ދެ މިލިއަން ރުފިޔާ) ހުރި ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ހޯމަ ދުވަހުގެ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ފުލުހުން ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަތް ފައިސާ ހުރި ބްރީފްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ލޯންޗެއްގަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން ފިލި ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު