Advertisement

މައިންޑް ޗޭމްޕްސް ސްކޫލުގެ ޓީޗަރުން ތަމްރީނުވުމަށް ސިންގަޕޫރަށް

26 އޮކްޓޯބަރު 2025 - 10:43 1


މައިންޑް ޗޭމްޕްސް ސްކޫލުގެ ޓީޗަރުން ތަމްރީނުވުމަށް ސިންގަޕޫރަށް

26 އޮކްޓޯބަރު 2025 - 10:43 1

ކުރިއަށް މިއޮތް ދިރާސީ އަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސްގެ ޓީޗަރުން ތަމްރީނުވުމަށް ސިންގަޕޫރަށް ފުރައިފި އެވެ.

މި ދަތުރުގައި ޓީޗަރުންގެ އިތުރުން އެ ސްކޫލުގެ މެނޭޖުމަންޓުގެ ޓީމެއް ވެސް ބައިވެރިވެ އެވެ. މި ޓީމުގައި ސުކޫލްގެ ޕުރިންސިޕަލް، ލީޑިން ޓީޗަރުން އަދި ޓީޗަރުން ހިމެނެ އެވެ.

ސިންގަޕޫރަށް މި ޓީމު ދިޔައީ އޯކްޓޫބަރު 20، ގަ އެވެ. އަދި 10 ދުވަހުގެ ތަމްރީނެއް އެ ގައުމުގައި ފުރިހަމަކުރާނެ އެވެ.

މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ކިޔަވައިދިނުން ފެށުމުގެ ކުރިން ތައުލީމީ ސެޓްފިކެޓާއި ޓީޗިން ކޮލިފިކޭޝަންގެ އިތުރުން 200 ގަޑިއިރުގެ ތަމްރީނު ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމަކެވެ.

ސިންގަޕޫރުގައި ޓީޗަރުން ތަމްރީނު ފުރިހަމަ ކުރަނީ


އެ 200 ގަޑިއިރުގެ ތަމްރީނު ގައި ހިމެނެނީ އޮންލައިން ތަމްރީނުގެ ބަޔަކާ، ސިންގަޕޫރުގެ މައިންޑް ޗޭމްޕްސް ހެޑް ކުއާޓަރުގައި ހަދާ އަށް ދުވަހުގެ ތަމްރީނު ބަޔަކާ އަދި މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސް ގެ އިމާރާތުގައި ހަދާފައިވާ ނިޔުރޯމޫވްސް ޖިމުގައި ހަދާ 12 ދުވަހުގެ ތަމްރީނެކެވެ.

މި ތަމްރީނުގެ މައިގަނޑު މަގްސަދަކީ މައިންޑް ޗޭމްޕްސް ގެ ފިލޯސަފީ އާ ކިޔަވައިދިނުމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، އިލްމީ ދިރާސާތަކުގެ އަލީގައި މައިންޑް ޗޭމްޕްސް އިން އުފައްދާފައިވާ، ކުދިންގެ ހެދިބޮޑުވުމާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ކަރިކިއުލަމް އަށް ޓީޗަރުންނާ މެނޭޖްމަންޓް އަހުލުވެރިކޮށް ތަމްރީނު ކުރުމެވެ.

މައިންޑް ޗޭމްޕްސް ގެ ދިރާސާ ޓީމުން އުފައްދާފައިވާ ޓީޗަރ ޓްރެއިނިންގ ގެ މުހިއްމު ބައިތަކުގެ ތެރޭގައި ހިމެނެނީ ސުމައިލްސްސް އެޕްރޯޗް، މައިންޑް ޗޭމްޕްސް ރީޑިން އެންޑް އައުޓިން، އިންކުއަރީ ޓީޗިން އެންޑް ލާނިން، ނިޔުރޯމޫވްސް އަދި ކުރިއޭޓިވިޓީ އެންޑް ތިއޭޓުރިކަލް ސުޓެރެޓެޖީސް އެވެ.

ތަމްރީނު ތަކަށް ފަހު މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް މޯލްޑިވްސް ގެ ޓީމް އެނބުރި އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 1 ވަނަ ދުވަހު އެވެ.