Advertisement

މާލޭ ގޭގޭގެ ނަން ބޯޑު ފެންނާނެހެން ހަރުކުރަން ސިޓީ ކައުންސިލުން އަންގައިފި

21 އޮކްޓޯބަރު 2025 - 21:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ އިމާރާތްތައް ފެންނާނެހެން ޑްރޯން އަކުން ނަގާފައިވާ ފޮޓޯއެއް: މާލޭގައި ބައެއް އިމާރާތްކުގެ ނަން ބޯޑު މިހާރު ފެންނަން ނުހުރޭ --- ފޮޓޯ: އަދަދު ފައިލް


މާލޭ ގޭގޭގެ ނަން ބޯޑު ފެންނާނެހެން ހަރުކުރަން ސިޓީ ކައުންސިލުން އަންގައިފި

21 އޮކްޓޯބަރު 2025 - 21:46 1

މާލެ ސިޓީގެ ގެތަކުގެ ނަންބޯޑު އާންމުކޮށް ފެންނާނެހެން ހަރުކުރަން މާލެ ސިޓީ ކައުންސިލް އަންގައިފި އެވެ.

ސިޓީ ކައުންސިލް އިދާރާއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުމަށް ގެތަކަށް ޒިޔާރަތްކުރާއިރު މާލެ އަދި ވިލިމާލޭގެ ގެތަކުގައި ނަން ބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

މިފަދައިން ނަން ބޯޑު ނެތުމުން ރަސްމީ ބޭނުންތަކަށް ގޭގެއަށް ޒިޔާރަތް ކުރުމަށާއި ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

މިހެންކަމުން މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.

ނަމަވެސް މިފަދައިން އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅެއް އަޅާނެ ކަމަކަށް ކައުންސިލުން ނުބުނެ އެވެ. މާލޭގެ ގެތަށް ބަހައި، ވިއްކާ އެ ތަންތަނުގައި އައު އިމާރާތްތައް އަޅާއިރު ގިނަ ފަހަރު ނަން ބޯޑުތައް މިހާރު ނުހުރެ އެވެ.