Advertisement

އެމެޒަން ވެބް ސާވިސްއަށް މައްސަލައެއް ދިމާވެ އިންޓަނެޓާއި ގިނަ އެޕްތަކެއްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

20 އޮކްޓޯބަރު 2025 - 14:16 0


އެމެޒަން ވެބް ސާވިސްއަށް މައްސަލައެއް ދިމާވެ އިންޓަނެޓާއި ގިނަ އެޕްތަކެއްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

20 އޮކްޓޯބަރު 2025 - 14:16 0

އެމެޒަން ވެބް ސާވިސްގެ ހިދުމަތްތަކަށް މައްސަލައެއް ދިމާވެ އިިންޓަނެޓާއި ގިނަ އެޕްލިކޭޝަންތަކެއްގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

ސްނެޕްޗެޓް، ރޮބްލޮކްސް، ފޯޓްނައިޓް، ކެންވާ، ޒޫމް، ސިގްނަލް، ޑުއޮލިންގޯ އަދި އެ ނޫންވެސް އެތަކެއް އެޕްލިކޭޝަނަކަށް މައްސަލަ ދިމާވެގެން ރިޕޯޓު ވަނީ ކޮށްފަ އެވެ. އޭގެ އިތުރުން އެމެޒަންގެ ގިނަ ހިދުމަތްތަކަށް ވަނީ އަސަރުކޮށްފަ އެވެ.

ގިނަ އެޕްތައް ހޯސްޓް ކޮށްފައި ހުންނަ ވެބް ސާވަރުތަކުގެ ހިދުމަތް ދެނީ އެމެޒަން އިންނެވެ. ފޯނުގައި ހުންނަ ގިނަ އެޕްތައް މަސައްކަތް ކުރަނީ އެމެޒަންގެ ޑޭޓާ ސެންޓަރުތަކުގެ އެހީގަ އެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެމެޒަންއިން ބުނެ އެވެ.

ބައެއް ބޭންކުތަކުގެ ކަސްޓަމަރުން ވެސް ވަނީ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.