Advertisement

އުރީދޫއާ ގުޅިގެން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ތައާރަފު ކުރަނީ

14 އޮކްޓޯބަރު 2025 - 18:53 0


އުރީދޫއާ ގުޅިގެން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ތައާރަފު ކުރަނީ

14 އޮކްޓޯބަރު 2025 - 18:53 0

އުރީދޫގެ އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު ތައާރަފު ކުރަންޖެހޭ ކަންކަން ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިގްތިސާދާ ބެހޭ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލް ތައާރަފު ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހުނީ ވަރަށް ގިނަ ދަތިތައް ކަޑައްތު ކުރި ފަހުން ކަމަށެވެ.

"މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ ކުރެވިފަ. އެހެންކަމުން، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިޔުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ލިބުނު ކުރިއެރުމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އުރީދޫ އިން ބުނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޕާޓްނާޝިޕުގެ ތަފުސީލުތައް މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"މި ޕާޓްނާޝިޕުގެ ސަބަބުން ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ފައިދާވާނެ. މި ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު. ހިދުމަތް ފެށުމުން ޕޭޕަލްގެ މާޗަންޓުންނާއެކު ވިޔަފާރި ކުރެވޭނެ އަދި އެމް-ފައިސާ އެކައުންޓާއި ޕޭޕަލް އެކައުންޓާ ދެމެދު ފަންޑު ޓްރާންސްފާ ކުރެވޭނެ،" އުރީދޫއިން ބުންޏެވެ.

ޕޭޕަލް ތައާރަފު ކުރުމުން ބޭރުގެ ފަރާތްތަކަށް ތަކެތި ވިއްކުމަށް ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އެއީ ޕޭޕަލްއިން ފައިސާ ދެއްކުމުން ރާއްޖޭއި އެ ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހޭތީ އެވެ.